Advertisement
ކ. މާލެ
|
29 ޖުލައި 2025 | އަންގާރަ 22:24
އާރްއޭސީއެލްގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން
އާރްއޭސީއެލްގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން
ރާއްޖެއެމްވީ
އަޙުމަދު މުބީން
އާރްއޭސިއެލްގެ އެމްޑީ ކަމުގެ މަގާމުން މުބީން އިސްތިއުފާ ދެއްވައިފި
އާރްއޭސީއެލް އަކީ 2021 ވަނަ އަހަރު އުފައްދާފައިވާ 100% ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއް
އާރްއޭސީއެލް އެމްއޭސީއެލްގެ ދަށަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތް ދެތިން މަސްތެރޭ ނިމެނޭ

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނެޖިން ޑިރެކްޓަރު އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މުބީން އިސްތިއުފާ ދެއްވާފައި ވަނީ އާރްއޭސީއެލް އުވާލައި އެމްއޭސީއެލްގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ދާދިފަހުން މުބީންގެ ފެއާވެލް ޕާޓިއެއްވެސް ވަނީ ބާއްވާފަ އެވެ.

11 ޖެނުއަރީ 2021 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ އާރްއޭސީއެލް އަކީ 100% ދިވެހި ސަރުކާރު ހިއްސާވާ ކުންފުޏްނެކެވެ. 100% ދިވެހިން މަސައްކަތް ކުރާ މި ކުންފުންޏަކީ ސަރުކާރުން ހިންގާ އެއަރޕޯޓްތަކުގައި ދޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށާއި އެއަރޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ކުންފުންޏެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތްތައް ނިންމައި، އާރްއޭސީއެލް އެމްއޭސީއެލްގެ ދަށަށް ކުރިއަށް އޮތް ދެ ތިން މަސްތެރޭ ގެނެވޭނެ އެވެ

- ކޮމެންޓް