Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2021 | ބުދަ 20:20
ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވާހަކަ ދައްކަވަނީ
އެއްކޮޓަރީގެ ފްލެޓާ ގުޅިގެން ސަރުކާރުގެ ސިޔާސަތު
އާއިލާއެއް ބިނާކުރަން 1 ކޮޓަރި ފްލެޓަކުން ނުފުދޭ، މި ސަރުކާރުން އެ ވިސްނުމާއި ދުރަށް!
އެއް ކޮޓަރީގެ ފްލެޓުތަކާ ގުޅިގެން ކުރިއަށްދިޔަ 20 މަޝްރޫއެއްގެ މަސައްކަތް ހިމެނޭ
އޭރު މި ކޮންޓްރެކްޓުތަކުގައި ސޮއިކޮށްފައިވަނީ 5 ނޮވެމްބަރު 2017 ގައި
1 ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން ސަރުކާރަށް ގަންނަން ލިބިފައި އޮތީ 36 ފްލެޓު

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ނިމިދިޔަ ސަރުކާރުން ފަށާފައިވާ 1 ކޮޓަރީގެ ފްލެޓުތަކުގެ މަޝްރޫއުއަކީ އާއިލާއެއް ބިނާ ކުރުމަށް އެންމެ އެކަށީގެންވާ ސިޔާސަތެއް ނޫންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެއްކޮޓަރީގެ ފްލެޓުތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި، އޮފީސްތަކާއި، އަމިއްލަ ކުންފުނިތަކާއި ޙަވާލު ކުރެވިގެން ކުރިއަށްދިޔަ 20 މަޝްރޫއެއްގެ މަސައްކަތް ހިމެނޭ ކަމަށެވެ. އޭރު ސަރުކާރުން އެކުލަވާފައިވާ އެއްބަސްވުމުގައި އެއް ކޮޓަރީގެ ފްލެޓުތަކުގެ 50 އިންސައްތަ ސަރުކާރަށް ވިއްކަން ޖެހޭނެކަމަށް މި އެގްރީމަންޓުގައި ބަޔާން ކޮށްފައިވާއިރު، އަގެއް ކަމަށް ކަނޑައަޅާފައިވަނީ 38،000 ޑޮލަރުގެ ރޭޓުންނެވެ. އެހެންނަމަވެސް، އެގްރީމަންޓުގައި ބަޔާންކޮށްފައިވަނީ މި މާއްދާއަށް އަމަލު ކުރާނީ ސަރުކާރުން ޕާރޗޭސް ގެރެންޓީއެއް (ސަރުކާރުން ފްލެޓުތައް ގަންނާނެ ކަމުގެ ގެރެންޓީ) ދިނުމުން ކަމަށެވެ. ނަމަވެސް މި ޕާރޗޭސް ގެރެންޓީވެސް ސަރުކާރުން ދީފައެއް ނުވެއެވެ. މި ކޮންޓްރެކްޓުތަކުގައި ސޮއިކޮށްފައިވަނީ 5 ނޮވެމްބަރު 2017 ގައެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ، އޭރު ކޮންޓްރެކްޓު އެކުލަވާލި ކުންފުނިތަކުގެ ތެރެއިން އެގްރީމަންޓާއި އެއްގޮތަށް މަސައްކަތް ކުރަމުން ގެންދިޔައީ މަދު ކުންފުނިތަކެއް ކަމަށެވެ. އަދި ބައެއް ކުންފުނިތަކުން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައިނުވާއިރު، މިވަގުތު ބާތިލު ނުކޮށް އޮތީ 7 ކޮންޓްރެކްޓެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިންވެސް މަސައްކަތް ކުރިއަށް ގެންދަނީ އެންމެ 3 ކޮންޓްރެކްޓަރުންނެވެ. އެއީ އެމްއޭސީއެލްއާއި، އެމްޕީއެލްގެ އިތުރުން، އެމްޑަބްލިއުއެސްސީއެވެ.

މިނިސްޓަރ ވިދާޅުވީ، މިވަގުތު އިމާރަތް ކުރަމުންދާ 1 ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން ސަރުކާރަށް ގަންނަން ލިބިފައި އޮތީ 36 ފްލެޓު ކަމަށެވެ. ސަރުކާރުން ވަނީ އެ ފްލެޓުތައް ގަތުމަށް ނިންމައި، ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނު 34 މީހުންނަށް އެ ފްލެޓުތައް ދިނުމަށް ނިންމާފައެވެ. އަދި ބާކީ އޮތް 2 ފްލެޓު މާލޭ ރައްޔިތުންގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓަށް ކުރިމަތިލީ 2 މީހަކަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮންޓްރީކްޓް އެގްރީމަންޓެއްގެ ތެރެއިން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓުތަކަކާއި ގުޅުވައިގެންނެއް ނޫން ފޯމުތައް ދޫކޮށްފައި ހުރީކީ، މިކަމުގައި ރައްޔިތުންގެ ނުތަނަވަސްކަން ވަރަށް ބޮޑަށް ހުންނާނެކަން އަޅުގަނޑު ޤަބޫލުކުރަން
ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް

އެއް ކޮޓަރީގެ ފްލެޓުތަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ، ކުރިއަށް ހުރި ހައުސިންގ ޕްރޮޖެކްޓުތަކުގައި އެއް ކޮޓަރީގެ ފްލެޓު ސަރުކާރު ހިންގާ ޕްރޮގްރާމެއްގެ ތެރެއިން ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ސަބަބަކީ އެއީ ގެދޮރު ބިނާކޮށް، އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވިސްނާ ސިޔާސަތުގައި ހިމެނޭ ގޮތެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އައު ސަރުކާރު އައިސް އެސެސްމަންޓުތައް ހެދުމަށްފަހު، ވަގުތީ ލިސްޓުތަކެއް އެކުލަވާލައި، އެ ލިސްޓުތަކަށް ހުށައަޅާފައިވާ ޝަކުވާތަކަށްވެސް ރިއާޔަތް ކުރެވިގެން ދާއިމީ ލިސްޓު އެކުލަވާލެވިފައިވާ ކަމަށެވެ. އެގޮތުން އެކި ކެޓެގަރީތަކަށް ބަހާލައިގެން ފްލެޓު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފައިވާއިރު، ކުރީ ސަރުކާރުން ފްލެޓުތަކުގެ އެލޮކޭޝަންތައް ހަދާފައި ހުރީ ފޯމުތައް ހުށައެޅުމުގެ ކުރިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފްލެޓު ކޮމިޓީން އެކަންކަން ބެލުމަށްފަހު، ފޯމު ހުށައަޅާފައިވާ އަދަދުތަކަށް ބަލައި، އެލޮކޭޓެޑް އަދަދުތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް
25 ފެބްރުއަރީ 2021 | ބުރާސްފަތި 22:16
kinboo
thirees ha flat dhenee aailaa nei bayakahtha? vikkali 1 kotari flat thah gathee aailaa neiy meehunahtha? hamajehey vaahaka dhakkaa. aharunnakee mdp meehun kahala bolurodhinneh nooney.
24 ފެބްރުއަރީ 2021 | ބުދަ 22:34
މަސްވެރިއެއް
1 ކޮޓަރި ވިޔަސް ދީބަލަ. ދަތީގަ އުޅޭ މީހުނަށް ހަމައެ ޖަވާހިރެއް. ފަހުން އަދި 1 ކޮޓަރި ފާޅުވެސް ވާނެ! އެ ދޭނީވެސް އައުވާނުނަށް. ކަންހިނގާގޮތް. ކަންކުރިގޮތް