ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 19:04
ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޮނަސް
ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޮނަސް
ގޫގުލް
ޕްރިޔަންކާ ޗޯޕްރާ-ނިކް ޖޯނަސް
ޕްރިޔަންކާއާއި އެންގޭޖްވިކަން ނިކް ޖޮނަސް ކަށަވަރުކޮށްދީފި
 
އަދި ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ހަބަރުތައް ބުނޭ
 
މިދެމީހުން އެންގޭޖްވެފައިވާ ކަން ވަނީ ހާމަކޮށްފައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޮނަސްއާއި ދެމީހުންގެ ލޯބީގެ ވާހަކައަކީ މިހާރު މީޑިޔާގައި އެންމެ ބާރަށް ދެކެވޭ އެއް ވާހަކައެވެ.

ދާދި ފަހުން ޕްރިޔަންކާގެ އުފަންދުވަހު މި ދެމީހުން އެންގޭޖްވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައިވާއިރު، މި ދެމީހުންގެ ފަރާތުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެހެންނަމަވެސް 25 އަހަރުގެ ލަވަކިޔުންތެރިޔާ ނިކް ޖޮނަސްވަނީ މިދެމީހުން އެންގޭޖްވެފައިވާ ކަން ކަށްވަރުކޮށްދީފައެވެ.

ޔޫއެސް ވީކްލީން މިކަން ރިޕޯޓްކޮށްފައިވާއިރު ނިކްގެ ގިނަ އަދަދެއްގެ ފޭނުން ދަނީ މިކަމަށް މަރުހަބާ ކިޔަމުންނެވެ. ނިކްގެ އަމިއްލަ ޕާފިއުމް ލޯންޗިން އިވެންޓްގައި މީޑިއާއި ވާހަކަދައްކަމުން ނިކް ބުނެފައި ވަނީ އޭނާގެ ހުވަފެނަކީ ވީހާވެސް އަވަހަކަށް އަމިއްލަ އާއިލާއެއް އޮތުން ކަމަށެވެ. އަދި މިއީ ވަރަށް ކައިރި މުސްތަޤްބަލެއްގައި އުއްމީދުކުރާ ކަމެއް ކަމަށާއި އެހެން ނަަމަވެސް އަދި ވަކި ތާރީހެއް ކަނޑަނާޅާ ކަމަށް ނިކް ބުންޏެވެ.  

ޕްރިޔަންކާ ވަނީ ބޮލީވުޑް ފިލްމެއް ކަމަށްވާ ބާރަތު ކުޅުމަށް އެއްބަސްވުމަށްފަހު އެފިލްމުވެސް ދޫކޮށްލާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އަމިއްލަ ދިރިއުޅުމުގައި ނިންމަން ޖެހޭ މުހިއްމު ކަންތައްތަކެއް ނިންމުމަށް ކަމަށެވެ. 

އެހެންކަމުން ނިކްއާއި ޕްރިޔަންކާގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
50%
0%
0%
50%
0%
ކޮމެންޓް