ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 22:21
ސަލްމާން ޚާންއާއި ރަވީނާ ޓަންޑަން
ސަލްމާން ޚާންއާއި ރަވީނާ ޓަންޑަން
ޓްވިޓަރ
ސަލްމާން ޚާންއާއި ރަވީނާ ޓަންޑ
18 އަހަރަށްފަހު ސަލްމާނާއި ރަވީނާ އެކުގައި ފެންނަނީ!
 
'ދަސްކާ ދަމް'ގެ ޝޯވްގައި ރަވީނާ ބައިވެރިވާނެ
 
މި ދެމީހުން އެންމެ ފަހު އެކުގައި ފެނުނީ 2000 ވަނަ އަހަރު

ސުޕަރސްޓަރ ސަލްމާން ޚާންއަކީ އަބަދުވެސް މެދު ކެނޑުމެއް ނެތި ބެލުންތެރިންނާއި އެކު ޓީވީގެ ޒަރީއްޔާއިން ފެންނަ ފަންނާނެކެވެ.

އެގޮތުން މިވަގުތުވެސް ސަލްމާން ގެންދަނީ ރިއަލިޓީ ޖޭމެއް ކަމަށްވާ 'ދަސްކާ ދަމް' ހުށަހަޅައިދެމުންނެވެ.

މިޝޯވްއަކީ ގިނަ ސެލެބްރިޓީން އަންނަ ޝޯވްއަކަށްވާއިރު، ދެން އެންމެ އަވަހަށް މިޝޯވްއިން ފެނިގެންދާނީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަން އެވެ. މިޝޯވްގައި ބައިވެރިވުމަށް ރަވީނާއަށް މިހާރު ދައުވަތު ދީފައިވާއިރު ރަވީނާވަނީ މިދައުވަތު ޤަބޫލުވެސް ކޮށްފައެވެ.

އެހެންކަމުން މިއީ 18 އަހަރަށްފަހު ޓީވީ ސްކްރީނަކުން މި ދެފަންނާނުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

މުމްބައީ މިރާއަށް ދިން އިންޓަވިއުއެއްގައި ރަވީނާ ބުނެފައިވަނީ ދިރިއުޅުމުގެ ކޮންމެ ހިސާބަކުންވެސް ރައްޓެހިން ލިބޭ ކަމަށާއި، އެހެން ރަޙްމަތްތެރިންނާއި ތަފާތު ރައްޓެއްސަކު އަބަދުވެސް ކޮންމެ މީހެއްގެވެސް ހުންނަ ކަމަށެވެ. އެގޮތުން ސަލްމާނަކީ އެފަދަ ރަޙްމަތްތެރިއެއް ކަމަށާއި އަބަދުވެސް އޭނާގެ ފަހަތުގައި ކޮންމެ ކަމެއްގައިވެސް އެހީތެރިވެ ދިނުމަށް ސަލްމާން ހުންނަ ކަމަށް ރަވީނާ ބުންޏެވެ.

އަދި ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން ސަލްމާންދެކެ ވަރަށް ލޯބިވާ ކަމަށްވެސް ރަވީނާ ބުންޏެވެ.

ރަވީނާއާއި ސަލްމާން އެކުގައި ފެނިގެން ގޮސްފައިވަނީ 'އަންދާޒް އަޕްނާ އަޕްނާ' 'ފައްތަރުކީ ޕޫލް' އަދި 'ސްޓަމްޕްޓް'ގެ އިތުރުން މި ދެމީހުން އެކުގައި ފެނުނު އެންމެ ފަހުގެ ފިލްމަކީ 2000 ވަނަ އަހަރު ރިލީޒް ކުރި 'ކަހީ ޕިޔާރު ނާ ހޯޖާއޭ' އެވެ.

އެހެންކަމުން 18 އަހަރަށް ފަހު މި ދެ ފަންނާނުން އެކުގައި ޓީވީން ދެކިލުމަށް ގިނަ ފޭނުން ތިބީ އިންތިޒާރުގައެވެ.


 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
100%
ކޮމެންޓް