ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 21:16
އޮސްޓްރޭލިއަން މޮޑެލް ލޮއު ކެނީ
އޮސްޓްރޭލިއަން މޮޑެލް ލޮއު ކެނީ
ގޫގުލް
މެލްބަން ފެޝަން ފެސްޓިވަލް
އުމުރުން 58 އަހަރުގެ މޮޑެލްއަކު އެންމެން ހައިރާންކޮށްލައިފި
 
މިއީ އޮސްޓްރޭލިޔާގައި ބާއްވާ އެންމެ ބޮޑު ފެޝަން ޝޯވް
 
މޮޑެލް ލޮއު ކެނީއަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައި

އޮސްޓްރޭލިޔާގައި ބާއްވާ އެންމެ ބޮޑު ފެޝަން ޝޯވްގައި އުމުރުން ދުވަސްވީ މޮޑެލްއަކު ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

އުމުރަކީ ހަމަ އެކަނި ނަންބަރެއް ކަމަށް ގިނަ ބަޔަކު ބުނާ ވާހަކަ ތެދެއް ކަމަށް ދައްކުވައިދެމުން 58 އަހަރުގެ އޮސްޓްރޭލިއަން މޮޑެލް ލޮއު ކެނީ ވަނީ ރަންވޭގައި އޭނާގެ ހުނަރު ދައްކާލައި އެންމެ ހައިރާންކޮށްލުވާފައެވެ.

ވާރޖިން އޮސްޓްރޭލިޔާ މެލްބަން ފެޝަން ފެސްޓިވަލްގައި މޮޑެލް ލޮއު ކެނީ ދައްކުވައިދިނީ ލޭބަލް އަލްބަސް ލޫމެންގެ އަތް ދިގު ޓޮޕަކީ ކަޅު ކުލައިގެ ސްކާޓެކެވެ. އަދި ލޮއު ކެނީގެ ބޮލުގައި ކޮންމެ ވެސް ވަރަކަށް ހުދު ކުލަ ހުރުމާ އެކު މި ޑިޒައިން ވެގެންދިޔައީ މުޅި ޝޯވް ބަލަން ގޮސް ތިބި އެންމެންގެ ހިތް އަތުލައިގަތް ޑިޒައިން އަކަށެވެ.

ޑިޒައިނާރ ކްރިސްޓޮފަރ އެސްބަރގެ މި ޑިޒައިންއަށް ގިނަ ބަޔަކު ތައުރީފްކޮށްފައިވާއިރު، ރޯޔަލް އެގްޒިބިޝަން ބިލްޑިންގައި ބޭއްވި މިޝޯވްގައި އެންމެ ބޮޑު ތަރުހީބެއް ލިބުނީ 58 އަހަރުގެ މޮޑެލް ލޮއު ކެނީއަށެވެ.

ވާރޖިން އޮސްޓްރޭލިޔާ މެލްބަން ފެޝަން ފެސްޓިވަލްއަކީ ގިނަ އަދަދެއްގެ ފެޝަން ލޭބަލްސް އެއްތަނަކުން ފެނިގެންދާ ފެސްޓިވަލަކަށްވާ އިރު، ގިނަ އަދަދެއްގެ ޑިޒައިނަރުންގެ ތަފާތު ގިނަ ބްރޭންޑް ވެސް ފެނިގެންދެއެވެ. އަދި މި ފެސްޓިވަލްގައި މަދުން ނަމަވެސް އުމުރުން ދުވަސްވީ ކުރީގެ މޮޑެލުން އެކި ކެމްޕެއިންތައް ޕްރޮމޯޓް ކުރުމަށް ބައިވެރިވެފައި ވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
67%
0%
33%
0%
0%
ކޮމެންޓް