ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 18:03
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ
ގޫގުލް
ޕްރިޔަންކާ ޗޮޕްރާ
އެންގޭޖްމަންޓް ރިންގް ފޮރުވަން މަސައްކަތްކުރާތީ ޕްރިޔަންކާއަށް ފާޑުކިޔައިފި
 
މި ދެމީހުން އެންގޭޖްވި ކަމެއް ކަށަވަރު ކޮށްދީފައެއް ނުވޭ
 
ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ނިކް ޖޮނަސްއާއި
 
ޕްރިޔަންކާއަކީ މީހުންގެ މަޤްބޫލުކަން ހޯދާފައިވާ ފަންނާނެއް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސްއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި ދެމީހުން އެންގޭޖްވެފައިވާ ކަމަށް އަޑުފެތުރިފައިވާއިރު، ޕްރިޔަންކާ މިކަން ފޮރުވުމަށް މަސައްކަތް ކުރުމުން އޭނާގެ ފޭނުން ފާޑުކިޔައިފިއެެވެ.

ސިންގަޕޯރގައި ބޭއްވި ނިކްގެ ކޮންސެޓުގައި ބައިވެރިވުމަށްފަހު، ޕްރިޔަންކާ ޗޯޕްރާ އެނބުރި އިންޑިޔާއަށް އައިރު ދިއްލީ އެއަރޕޯޓުން މީޑިޔާތަކަށް ވަނީ ފެނިފައެވެ.

މީޑިޔާތަކަށް ފެނުމާއި އެކު ޕްރިޔާންކާ ވަނީ އޭނާގެ އިނގިލީގައި އޮތް އަނގޮޓި ނަގާ ޖީންސްގެ ޖީބަށް ލާފައެވެ.

 

A post shared by Viral Bhayani (@viralbhayani) on

މީގެ ކުރިންވެސް ޕްރިޔަންކާ ވަނީ މީޑިޔާތަކަށް އެންގޭޖްމަންޓް އަނގޮޓި ފޮރުވަން މަސައްކަތްކޮށްފައެވެ.

މިގޮތަށް ޕްރިޔަންކާ ކަންތައް ކުރުމުން މީޑިޔާތަކުންނާއި އޭނާއަށް ސަޕޯޓްކުރާ އެތައް ފޭނުންނެއް ވަނީ މިކަމަށް ފާޑު ކިޔާފައެވެ. އެގޮތުން ދާދި ފަހުން އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ކަންގަނާ ރަނައުތުވެސް ޕްރިޔަންކާ އެންގޭޖްވެފައިވާ ކަން ކަށަވަރުކޮށްދީފައިވާއިރު، އެންގޭޖްމަންޓް އަނގޮޓި ފޮރުވުމުގެ ބޭނުމަކީ ކޮބައިތޯ ފޭނުންވަނީ ސުވާލުކޮށްފައެވެ.

ސޯޝަލް މީޑިޔާގައިވެސް ގިނަ މީހުންވަނީ ޕްރިޔަންކާއާއި ނިކްގެ އޮންނަ ގުޅުމަށް ޕްރިކަންޔާ އަދިވެސް އެއްބަސް ނުވުމުންވެސް ފާޑުކިޔާފައެވެ.

ހަބަރުތައް  ބުނާގޮތުން މިދެ މީހުން އެންގޭޖްވެފައިވަނީ ޕްރިޔަންކާގެ އުފަން ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
100%
ކޮމެންޓް