މިސް ވޯލްޑް އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރްޔާ ރާއި ބައްޗަންއަކީ ދުނިޔޭގެ ތިބި ރީތި އަންހެނުންގެ ލިސްޓުގައި އަބަދުވެސް ހިމެނޭ ރީތީގެ ރާނީ އެކެވެ. އޭޝްގެ ފޭނުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އިރު އެހެން ފަންނާނުންނާއި އެއްގޮތަށް އައިޝްވާރްޔާ ކުރާ ކަންކަން ސޯޝަލް މީޑިޔާއިން ބަލަން ބޭނުންވެފައި ތިބި މީހުން ވަރަށްވެސް ގިނައެވެ.
ނަމަވެސް ވަރަށް ފަހަކާއި ޖެހެންދެން އޭޝްއަކީ ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓްފޯމެއްގައި ހަރަކާތްތެރިވި ފަންނާނެއް ނޫނެވެ. އޭޝް މިކަން ނިމުމަކަށް ގެނެސް އޭނާގެ ފޭނުންނަށް އުފާވެރިކަން ގެނެސްދިނީ ސޯޝަލް މީޑިޔާ ޕްލެޓް ފޯމެއް ކަމަށްވާ އިންސްޓަރގްރާމްގައި މިއަހަރުގެ މެއި މަހުގައި އެކްޓިވްވި ފަހުންނެވެ. ކޮންމެއަކަސް އޭޝްގެ އިންސްޓަރގްރާމް އެކައުންޓަށް 4.2 މިލިއަނަށް ވުރެ ގިނަ ފޮލޯވާސް ފޮލޯ ކުރުމުގެ ހެއްކަކީ އޭޝްގެ ކޮންމެ ހަރަކާތެއްވެސް ބަލަން ފޭނުން ކެތް މަދުވެފައި ތިބި ކަމެވެ.
އޭޝް އިންސްޓަރގްރާމާއި ގުޅުނު ހިސާބަކީ އޭނާ ކޭންސް ފިލްމު ފެސްޓިވަލްގައި ހަރަކާތްތެރިވި ދުވަސްވަރަށްވެފައި ކޭންސް ރެޑް ކާޕެޓްގެ ފޮޓޯތައް އޭނާ ވަނީ އިންސްޓަރގްރާމްގައި ޝެއަރވެސްކޮށްފައެވެ.
ސީއެންއެން ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި އޭޝް ބުނީ އިންސްޓަރގްރާމްގައި އުޅުމަކީ އޭނާވެސް ވަރަށް އުފާވާ ކަމެކެވެ. އެހެންނަމަވެސް އިންސްޓަރގްރާމްގައި އުޅެން ޖެހޭ ގޮތް ވަރަށް ގިނަ މީހުން ކިޔައިދޭ ކަމަށާއި އެގޮތުން އޭނާ އިންސްޓަރގްރާމް ބޭނުންކުރާ ގޮތާއި ދޭތެރޭ މީހުންގެ ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ. އަދި އިންސްޓަރގްރާމްގައި އޭނާގެ ޓީމު ކޮބައިތޯވެސް މީހުން އަހާ ކަމަށް އޭޝް ބުންޏެވެ.
އިންސްޓަރގްރާމްގައި ކުރާ ހުރިހާ ޕޯސްޓެއްވެސް ޝެއަރކުރަނީ އޭޝް އަމިއްލައަށެވެ. އެގޮތުން ގިނަ ފޮޓޯތަކުގައި މާ ދިގުކޮށް ކެޕްޝަން ޖަހާފައި ހުންނަ ކަމަށްވެސް ފާހަގައެއް ނުކުރެވެއެވެ. އެގޮތުން ބައެއް މީހުން އެގޮތަށް ކެޕްޝަން ނުޖަހާތީ އެކަމާއިވެސް ސުވާލު ކުރާ ކަމަށާއި އެގޮތުން އެއީ އޭނާއަށް ކެޕްޝަން ޖަހަން ފެނުމުން އެކަން ކުރާނެ ކަމަށާއި އެއީ އެހެން މީހުން ކަންބޮޑުވާން ޖެހޭ ވަާލު ކުރާ ކަމަށާއި އެގޮތުން އެއީ އޭނާއަށް ކެޕްޝަން ޖަހަން ފެނުމުން އެކަނރުގެ ކަމެއް ނޫން ކަމަށް އޭޝް ބުންޏެވެ.
އަދި ބައެއް ފަހަރު ބޭނުންކުރާ އިމޯޖީސްތަކުން އޭޝްއަކީ ކުޑަކުއްޖެއްތޯވެސް ބައެއް މީހުން ސުވާލު ކުރާ ކަމަށާއި އެހެންނަމަވެސް ސޯޝަލް މީޑިޔާ ބޭނުން ކުރަން އޭނާ ލޯބި ކުރާ ކަމަށް ބުންޏެވެ. އަދި އޭނާއަކީ ތަފާތު މީހެއް ކަމަށާއި އެހެންކަމުން އެހެން މީހުން ކުރާ ކަންކަން ނުބަލައި އަމިއްލަ ގޮތްތަކެއް ބެހެެއްޓުމަކީ އަބަދުވެސް އޭނާ ލޯބިކުރާ ކަމެއް ކަމަށް އޭޝް ބުންޏެވެ.
އިންސްޓަރގްރާމްގައި އެހެން ފަންނާނުންނާއި އެއްވަރަށް އޭޝް އެކްޓިވް ނުވާއިރު، ފިރިހީމާ އަބީޝެކް ބައްޗަން އަދި އަމީތާބް ބައްޗަންވެސް އޭނާ ފޮލޯއެއް ނުކުރެއެވެ. އަދި އިންސްޓަރގްރާމްގައި އޭނާގެ ފިލްމުގެ އެއްވެސް ޕްރޮމޯޝަން ޕޯސްޓަރެއްވެސް ޝޭއަރކޮށްފައި ނުހުންނަކަން ފާހަގަކުރެވެއެވެ.
އޭޝް ބުނީ އިންސްޓަރގްރާމްގައި އޭނާ ޝެއަރކުރާ ފޮޓޯއަކީ އޭނާގެ އަމިއްލަ އެއްޗެއް ކަމަށާއި އޭގައި ޝެއަރ ކުރާނީ އޭނާ ބޭނުންވާ އެއްޗެއް ކަމަށެވެ.