ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 08:47
ފިލްމު ސުލްތާންގައި ސަލްމާނާއި އަނުޝްކާ: ޗައިނާގައި ރިލީޒްކުރާނޯ އޮގަސްޓް 31ގައި
ފިލްމު ސުލްތާންގައި ސަލްމާނާއި އަނުޝްކާ: ޗައިނާގައި ރިލީޒްކުރާނޯ އޮގަސްޓް 31ގައި
ޓްވިޓަރ
ސަލްމާން ހާން
ސަލްމާން ޚާންގެ ސުލްތާން ޗައިނާގައި ރިލީޒް ކުރުމަށް ތައްްޔާރުވެއްޖެ
 
'ބަޖިރަންގީ ބައިޖާން' ވެސް ވަނީ ވައިނާގައި ރިލީޒްކޮށްފައި
 
ފިލްމު ސުލްތާން ޗައިނާގައި ރިލީޒްކުރަނީ މި އޮގަސްޓް 31

ޑައިރެކްޓަރ އަލީ އައްބާސް ޒަފަރުގެ ސުލްތާން، ޓައިގާ ޒިންދާހޭއަށް ފަހު ސަލްމާން ޚާން އަނެއްކާ ވެސް ތައްޔާރުވަމުންދަނީ ބާރަތު މިފަދަ ކާމިޔާބު ފިލްމަކަށް ހެދުމަށެވެ.  

ގިނަ ބަޔަކު މިހާރުވެސް އިންތިޒާރު ކުރަމުންދާ މިފިލްމަކީ ބެލެވޭ ގޮތުގައި އަލީ އައްބާސް ޒަފަރާއި ސަލްހާން ޚާންގެ، ކާމިޔާބު ފިލްމުތަކުގެ ހެޓްރިކް ހަދާނެ ފިލްމެކެވެ.

'ބާރަތު' ގެ ޝޫޓިން ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު ބެލުންތެރިންނަށް މިވަނީ އަނެއްކާވެސް އިތުރު އުފާވެރި ޙަބަރެއް ދީފައެވެ. އެގޮތުން ކާމިޔާބު ފިލްމު ސުލްތާން މި އޮގަސްޓް 31 ވަނަ ދުވަހު ޗައިނާގައި ރިލީޒް ކުރުމަށް ތައްޔާރުވެފައިވާ ކަަމަށް ބުނެ ޗައިނާގެ ފޭނުންނަށް ހާއްސަ ޕޯސްޓަރެއް ވެސް ވަނީ ޓުވީޓް ކޮށްފައެވެ.

'ބަޖިރަންގީ ބައިޖާން' އަށް ފަހު މިއީ ޗައިނާގައި އަޅުވާ ސަލްމާން ޚާންގެ ދެވަނަ ފިލްމުއެވެ.

ސުލްތާން އަކީ ފިކްޝަނަލް ރެސްލިންގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާއިރު ދެން މިފިލްމުން ފެނިގެންދާނީ އަނުޝްކާ ޝަރްމާއެވެ.

2016 ވަނަ އަހަރު ރިލީޒްކުރި މިފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް