ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 08:16
ރަންބީރު ނަގާފައިވާ އާލިޔާގެ ފޮޓޯއެއް
ރަންބީރު ނަގާފައިވާ އާލިޔާގެ ފޮޓޯއެއް
އިންސްޓަގްރާމް
ެއާލިއާ ބަޓް
އާލިއާގެ ފޮޓޯއަކަށް ރަންބީރު މަންމަ ތައުރީފްކޮށްފި
 
މިވަގުތު މިދެމީހުން ތިބީ ބަލްގޭރިއާގައި

މިދުވަސްވަރު ބޮލީވުޑް ޙަބަރުތައް ގެނެސްދޭ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާފައިވަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ރައްޓެހިވެގެން އުޅޭ ވާހަކައެވެ.

މި ދެ މީހުންގެ ފަރާތުން މިކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ގިނަ ހަފްލާތަކުން މި ދެ މީހުން އެކީގައި ފެނިގެންގޮސްފައިވެއެވެ.

ރަންބީރާއި އާލިއާ މިވަގުތު ތިބީ އެ ދެ މީހުން މިހާރު ކުޅެމުންދާ ފިލްމު 'ބްރަހްމަސްތްރާ'ގެ ޝޫޓިންއެއްގައި ބަލްގޭރިއާގެއެވެ.

މިދުވަސްކޮޅު އާލިޔާ ތަފާތު ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާއަށް އާންމު ކުރަމުން ދާއިރު މި ހުރިހާ ފޮޓޯއެއްވެސް ނަގާފައިވަނީ ރަންބީރުކަން އިނގޭ ގޮތަށް އާލިޔާގެ ފޮޓޯ ކެޕްޝަނުގައި ޖަހާފައިވެ އެވެ.

އެގޮތުން އެންމެ ފަހުން ރަންބީރު ނަގާފައިވާ އާލިއާގެ ފޮޓޯއަށް އޭނާގެ މަންމަ ނީތޫ ކަޕޫރު ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން އިންސްޓަރގްރާމަށް ލާފައިވާ އާލިއާގެ ކަޅާއި ހުދުގެ މިފޮޓޯއަށް ނީތޫ ކޮށްފައިވާ ކޮމެންޓްގައި އާލިއާ ވަރަށް ރީތި ކަމަށް ސިފަކޮށްފައިވެއެވެ.  

'ވޭކް އަޕް ސިޑް' އަދި 'ޔޭ ޖަވާނީހޭ ދިވާނީ' ފަދަ މަޝްހޫރު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އާޔަން މުކަރްޖީގެ 'ބްރަހްމަސްތްރާ'ގައި އަމީތާބް ބައްޗަން، ނަގަރްޖާ، ޑިމްޕަލް ކަޕާޑިއާ އަދި މޮނީ ރޯއީވެސް ފެނިގެންދާނެ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15، 2019 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް