ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 10:42
ސަންޖޭ ދަތުގެ 59 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ތެރެއިން
ސަންޖޭ ދަތުގެ 59 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ތެރެއިން
ގޫގުލް
ސަންޖޭ ދަތު
ސަންޖޭ ދަތުގެ 59 ވަނަ އުފަން ދުވަސް ފާހަގަކޮށްފި
 
އުފަންދުވަސް ފާހަގަކުރީ އާއިލާ އާއި ރައްޓެހިންނާ އެކުގައި
 
ފިލްމީ ދާއިރާއަށް ތަޢާރަފްވީ 1981 ވަނަ އަހަރު
 
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވޭ

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަދި ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ސަންޖޭ ދަތުގެ 59 ވަނަ އުފަން ދުވަސް ފާހަގަކޮށްފިއެވެ.

ސަންޖޭގެ އުފަންދުވަސް ފާހަގަކޮށްފައިވަނީ އޭނާގެ އާއިލާ އާއި ގާތް އެކުވެރިންނާ އެކުގައެވެ.

ސަންޖޭގެ އަންހެނުން މަންޔަތާ ދަތު ކޮށްފައިވާ ޓްވީޓެއްގައި އޭނާގެ ލޯބިވާ ފިރިމީހާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައި ވަނީ ވަރަށް ލޯބިންނެވެ. އެގޮތުން އާއިލާއަށް ސަންޖޭ ކޮށްދީފައިވާ ކަންކަމަށް ޝުކުރު އަދާކޮށްފައިވާއިރު އޭނަގެ މަންމަ އާއި ބައްފަ އަބަދުވެސް ފަޚުރުވެރިވާ ފަދަ ދަރިއަކަށް ސަންޖޭ ވެފައިވާ ކަމަށް ޓްވީޓުގައި ވެއެވެ.

މި ޓްވީޓުގައި ވަނީ ސަންޖޭގެ ފިރިހެން ދަރިފުޅު ޝަހްރާން އާއި އަންހެން ދަރިފުޅު އިގްރާާއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިމަނާފައެވެ.

މީގެ އިތުރުން ވެސް ސަންޖޭގެ އަންހެނުންވަނީ، ފިރިމީހާގެ އުފަންދުވަހާ ގުޅިގެން އިތުރު ޓުވީޓްތައް ވެސް ކޮށްފައެވެ.

ސަންޖޭ ދިރިއުޅޭ ގޭގައި އުފަންދުވަސް ފާހަގަކޮށްފައިވާއިރު، މި ކުޑަ ހަފްލާގައި އަމްރިތާ އަރޯރާ، ތަނީޝާ މުކަރްޖީ، ޗަންކީ ޕާންޑޭ ފަދަ ތަރިން ވަނީ ބައިވެރިފައެވެ. އަދި ސަންޖޭ ދަތުގެ ދޮށީ އަންހެން ދަރިފުޅު ތްރިޝާ ދަތު ވެސް އިންސްޓަރގްރާމްގައި ބައްޕައާ އެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކުރުމަށް ފަހު 'ޑެޑީ ޑޫކްސް' އަށް ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.

މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ފިލްމީ ތަރިން ވަނީ ސަންޖޭ ދަތުގެ އުފަންދުވަހު ސޯޝަލްމީޑިޔާ މެދުވެރިކޮށް އޭނާއަށް ދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ.

ސަންޖޭ އުފަންވީ 29 ޖުލައި 1959 އެވެ. އަދި ސަންޖޭ ދަތަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އޭނާއަކީ ފިލްމު އެކްޓަރެއްގެ އިތުރުން، ފިލްމު ޕްރޮޑިއުސަރ، ކޮމޭޑިއަން، ޕޮލިޓީޝިއަން، އަދި ޓީވީ ޕްރެޒެންޓަރެއް ވެސްމެއެވެ. 

ފިލްމީ ދާއިރާއަށް 1981 ވަނަ އަހަރު ނިކުތް ސަންޖޭ ދަތު ވަނީ މިހާތަނަށް 180 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. އަދި 37 އަހަރު ފިލްމީ ދާއިރާގައި ހަރަކާތްތެރިވެފައިވާއިރު މިހާތަނަށް އޭނާ އަށް ވަނީ ދެ ފިލްމު ފެއަރ އެވޯޑް، ދެ އައިފާރ އެވޯޑް، ތިން ސްކްރީން އެވޯޑްގެ އިތުރުން ނޭޝަނަލް ފިލްމު އެވޯޑް ވެސް ލިބިފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް