Advertisement
ކ. މާލެ
|
1 ޑިސެންބަރ 2025 | ހޯމަ 13:29
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރީ 58 މެންބަރުންގެ އަޣުލަބިއްޔަތުން
ގާނޫނުގެ ދަށުން ހަދަންޖެހޭ ފުރަތަމަ ޗާޓަރު ހަދަން ކުރިން ދިން ހަ މަސް ދުވަހުގެ ބަދަލުގައި 24 މަސް ދުވަހަށް އިތުރުކުރަން ވަނީ ފާސްކޮށްފަ

ފިސްކަލް ޒިންމާގެ ގާނޫނު އިސްލާހުކޮށް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކޮށްފައި ވަނީ 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސް ކުރަން ނުފެންނަ ކަމަށް 9 މެންބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމު ހުށަހެޅުއްވި ބިލު ދިރާސާ ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްްޔަތު ކޮމިޓީ އިންނެވެ.

ފިސްކަލް ޒިންމާގެ ގާނޫނު މިހާރު އޮތް ގޮތުން އެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އަންނަ ބުދަ ދުވަހުގެ ކުރިން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، ޗާޓަރު ފާސްކޮށް އެއަށް އަމަލު ކުރަން ޖެހެ އެވެ. ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހު ހުށަހެޅީ އެ މުއްދަތު ފަސް ކުރުމަށެވެ.

މެންބަރު އަނާރާ ހުށަހެޅުއްވީ ގާނޫނުގެ ދަށުން އެކުލައިލަންޖެހޭ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު، ކުރިން އޮތް ހަ މަސް ދުވަހުގެ ބަދަލުގައި، 24 މަސް ދުވަހަށް އިތުރުކުރުމަށާއި މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ގަވާއިދުތައް ހަދަން ވެސް، ދެ އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ރިޔާސީ ދައުރެއް ހިންގަން ފަށާ މުއްދަތަކީ 18 މަސް ދުވަސް ކަމަށް ކަނޑައަޅާފައިވާ މާއްދާ އުނިކުރަން ވެސް ބިލުގައި ހިމަނާފައި ވެއެވެ.

ކޮމިޓީ އިން ބުނީ ބިލު ދިރާސާކުރުމު ގައި ކަމާއި ގުޅުން ހުރި އިދާރާތަކުގެ ބަހަށް ރިއާޔަތްކޮށްފައި ވާނެ ކަމަށެވެ. އެ ބިލަށް ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޚިޔާލު ހޯދާފައިވެ އެވެ.

ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ، މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން 2 އަހަރަށް ފަސްކުރުމަށް ހުށަހެޅީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ފިސްކަލް ޒިންމާގެ ގާނޫނަކީ މިދިޔަ ޑިސެމްބަރު މަހު ތަސްދީގު ކުރި ގާނޫނެކެވެ. އެ ގާނޫނަށް އަމަލުކުރަން ފެށީ ޖޫން މަހުގަ އެވެ. އެ ގާނޫނު ގައި ބުނާ ގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭނެ އެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ސަރުކާރުން މިހާތަނަށް ފުރިހަމަކޮށްފަ އެއް ނުވެ އެވެ.

- ކޮމެންޓް