Advertisement
ކ. މާލެ
|
1 ޑިސެންބަރ 2025 | ހޯމަ 12:58
ޖުޑީޝަލް ސާވިސް އިން ސަސްޕެންޑް ކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު
ޖުޑީޝަލް ސާވިސް އިން ސަސްޕެންޑް ކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު
ސޯޝަލް މީޑިއާ
ރައްޔިތުންގެ މަޖިލިސް
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ތުހުމަތުކުރާ މީހަކު ބަންދުން ދޫކޮށްލަން ފާއިޒް އަމުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް
ގާޒީ ފާއިޒް މިހާރު ހުރީ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފައި

ކްރިމިނަލް ކޯޓުގެ ގާޒީ، ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި ސިޓީ ވަނީ އިއްވާފަ އެވެ. އެ ސިޓީގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ / ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު (41އ) ބަންދުން ދޫކޮށްލަން އަމުރު ކުރުމުގައި ފާއިޒް އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅު ކަމަށެވެ.

ފާއިޒްގެ މައްސަލަ އެ ކޮމިޝަނުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރި ކަމަށާ ވެސް ޖޭއެސްސީ އިން ބުނެފައި ވެއެވެ.

ސިޓީގައި އިތުރަށް ބުނީ އެ ކޮމިޝަންގެ ޝަކުވާ ބަލާ ކޮމިޓީން އެ މައްސަލަ ތަހުގީގު ކުރިއިރު، އެ މައްސަލައިގައި ފާއިޒް އަމަލު ކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކަން ސާބިތުވެފައިވާ ކަމަށެވެ.

އެހެން ކަމުން އޭނާ ގާޒީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ކަމަށާ އެކަމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް ކޮމިޝަނުން އެދިފައި ވެއެވެ.

އެ މައްސަލަތަކާ ގުޅިގެން ގާޒީ ފާއިޒް މިހާރު ވެސް ހުރީ ސަސްޕެންޝަންގަ އެވެ. ގާޒީ ފާއިޒް މިދިޔަ މަހުން ފެށިގެން ސަސްޕެންޑު ކޮށްފައި ވަނީ ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.

މިއީ ގާޒީ ފާއިޒް ސަސްޕެންޑް ކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް ފާއިޒް ސަސްޕެންޑް ކުރިއެވެ.

އޭރު އޭނާ ސަސްޕެންޑް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި މައްސަލައިގައި، އެ މައްސަލަ ބެއްލެވި ފަނޑިޔާރުން "ރަހީނު" ކުރެވުނު ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ފާއިޒް 60 ދުވަހަށް ސަސްޕެންޑް ކުރެވުނު ނަމަވެސް، މަހެއްހާ ދުވަސް ފަހުން ޖޭއެސްސީން ވަނީ އެ ސަސްޕެންޝަން އުވާލާފައެވެ.

- ކޮމެންޓް