ކ. މާލެ
|
1 ޑިސެންބަރ 2024 | އާދީއްތަ 00:07
ހައިވޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ހައްޔަރުކުރި މީހާ
ހައިވޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ހައްޔަރުކުރި މީހާ
ޕޮލިސް
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް
ހައިވޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
މި އެކްސިޑެންޓް ރިޕޯޓު ކޮށްފައިވަނީ 29 ނޮވެންބަރުގެ މެންދުރުފަހުގެ ވަގުތެއްގައި
އަންހެނަކާއި ފިރިހެނަކަށް އަނިޔާވެފައިވާއިރު، އަންހެން މީހާއަށް އަދިވެސް ދަނީ ފަރުވާ ދެމުން
އޭނާގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފައި

ހައިވޭގައި ބާރު ސްޕީޑްގައި ގަވއިދާ ހިލާފަށް އޯވަރޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައިގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ ހައިވޭގައި ބާރު ސްޕީޑްގައި ގަވާއިދާ ހިލާފަށް އޯވަރޓޭކް ކުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓްވި މައްސަލަ 29 ނޮވެންބަރު ވަނަ ދުވަހު މެންދުރުފަހު 14:43 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އެ ސައިކަލުގައި ތިބި ދެމީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެއީ ދިވެހި ފިރިހެނަކާއި، އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ފިރިހެން މީހާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ގަވާއިދާ ހިލާފަށް އޯވަރޓޭކް ކުރި ސައިކަލު އެކްސިޑެންޓް ވުމުން ވެސް މަޑުނުކޮށް ދިޔަ މައްސަލާގައި އެސައިކަލު ދުއްވި ބ.އޭދަފުށި، ފަސްމީރު، 22 އަހަރުގެ ޝުނާން މުހައްމަދު ޝާކިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް