Advertisement
ކ. މާލެ
|
24 ނޮވެންބަރ 2025 | ހޯމަ 22:09
ޝަރުއީ ދާއިރާގެ މުވައްޒަފުން
ޝަރުއީ ދާއިރާގެ މުވައްޒަފުން
ސޯޝަލް މީޑިއާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް
ޕެޓިޝަންގައި މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ހިދުމަތުގެ މުއްދަތު ފާހަގަ ނުވުމާއި ސަލާމާއި ޗުއްޓީގައި ހުންނަނަމަ މުސާރަ ކުޑަވާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވޭ
ހިތްހަމަނުޖެހުން ފާޅުކުރުމަށް ކޯޓުތަކުގެ މުވައްޒަފުން ހޯމަ ދުވަހު ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހިމޭން އިހުތިޖާޖެއް ކޮށްފައިވޭ
އެ ޕެޓިޝަން ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހޯމަ ދުވަހު ހުށަހަޅާފައިވޭ

ޝަރުއީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އިތުރުވެ، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއި އެކު ޕެޓިޝަން އެއް ހުށަހަޅައިފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ނަން ހާމަ ކުރަން ބޭނުން ނުވާ މުވައްޒަފަކު ބުނީ އެ ޕެޓިޝަން ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހޯމަ ދުވަހު ހުށަހަޅާފައި ވާ ކަމަށެވެ. މި ނޫހާއި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނީ ޕެޓިޝަންގައި ސޮއިކުރަން ބޭނުން ނުވި ބައެއް މުވައްޒަފުން ވެސް އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރިކަން ކަމާއި ގުޅުން ހުރި މީހުންނާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާ އިރު މުސާރައިގެ އޮނިގަނޑަށް ގެނައި އާ ބަދަލާއި އެކު މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށްލެވެ އެވެ. އޮނިގަނޑުގައި ހުރި ބައެއް ކަންކަމުގެ ސަބަބުން ތަފާތުކުރުމަށް މަގުފަހިވާކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ހިދުމަތުގެ ހޭދަކޮށްފައިވާ މުއްދަތު ފާހަގަ ނުކުރެވުމާއި، ސަލާމާއި ޗުއްޓީގައި ހުންނަ ނަމަ މުސާރަ ކުޑަވާ ގޮތަށް އޮތުމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވެ އެވެ.

އާ އޮނިގަނޑު މުރާޖައާ ކޮށްދިނުމަށާއިި، ޚިދުމަތުގެ މުއްދަތަށް ރިއާޔަތް ކުރުމަށް ވަނީ އެދިފަ އެވެ. ޕެޓިޝަންގައި، އާ ޕޭ ފްރޭމްވޯރކްގެ މަޤްސަދު ހާސިލް ނުވުމާއި، ހާޒިރީ އެލަވަންސްގެ ފަރަޤާއި، އައިޓީ ޓެކްނީޝަނުންގެ އެލަވަންސެއް ނެތުމާއި، ލީގަލް އޮފިސަރުންނާ ގުޅޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އާ އޮނިގަނޑުގައި މަގާމުގެ ޕްރޮފެޝަން ބަދަލުކޮށްފައި ވުމުން މުސާރަ ކުޑަވާ ގޮތަށް ބައެއް ކަންކަން ހިނގާފައިވާ ކަމަށް ވަނީ ބުނެފައެވެ. މި ކަންކަމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށް ކޯޓުތަކުގެ މުވައްޒަފުން ވަނީ ހޯމަ ދުވަހު ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހިމޭން އިހުތިޖާޖެއް ކޮށްފަ އެވެ.

- ކޮމެންޓް