ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް ހުސްނީ މުބާރަކު އައްޔަންކުރައްވައިފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުދަ ދުވަހުގެ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު އައްޔަން ކޮށްފައިވާތީ މަރުހަބާ ދަންނަވާ ކަމަށެވެ. ހުސްނީ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަން ކުރެވުނީ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގަ އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ހުސްނީ މުބާރަކު އައްޔަން ކުރެއްވީ ބުދަ ދުވަހު އެވެ. ބުދަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޙުސްނީ މުބާރިކް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ހުސްނީ މުބާރަކް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކުރިން ހުންނެވި މާފުށީ ދާއިރާގެ މެންބަރު ރިޒާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.