ފާއިތުވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޮޗްޑޯގް - އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއީއޭއީ) ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތްކުރި ކޮށްފި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އިސްމާއީލް ބަޣާއީ އާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނީ، އެންޕީޓީ (ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމުގެ އެއްބަސްވުން) ގެ މެންބަރެއްގެ ގޮތުން، އީރާނުން އަދާ ކުރަން ޖެހޭ ޒިންމާތަކަށް ވަފާތެރިވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހުސްވި ހަފްތާގައި، އައިއޭއީއޭ ގެ އިންސްޕެކްޓަރުން ތެހްރާން ރިސާޗް ރިއެކްޓަރު ހިމެނޭ ގޮތުން ވަރަށް ގިނަ ނިއުކްލިއާ ފެސިލިޓީތަކަށް ޒިޔާރަތްކޮށް ބަލައިފައި ވާ ކަމަށެވެ.