Advertisement
ކ. މާލެ
|
10 ނޮވެންބަރ 2025 | ހޯމަ 06:15
ކުރީގެ ރައީސް ޔަމީން، ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ
ކުރީގެ ރައީސް ޔަމީން، ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އަބްދުﷲ ޔާމީން
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"
ޔާމީން ވިދާޅުވީ ޕީއެންސީން ބާއްވާ ޖަލްސާ އަށް މާލެ އަންނަ މީހުންނަށް ފައިސާ ދޭކަން މީޑިއާ އަށް ހާމަވެފައިވާ ކަމަށް
2.8 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އަހަރު ނިމެން ކައިރިވެރިފައި ވަނިކޮށް ސަރުކާރުން ބަހާލާފައިވަނީ ގާތް މީހުންނަށް މަންފާލިބޭ ގޮތަށް ކަމަށް ރައީސް ޔާމީން ވިދާޅުވި

ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ކަމަށް ފާހަގަކުރައްވާ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން އެހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ ޖަގަހަ ޖަލްސާގައި ހޯމަ ވިލޭރޭ ވާހަކަ ދައްކަވަމުން ނެވެ.

އެ މަނިކުފާނު ވަނީ ޕީއެންސީ އިން ބޮޑު ޖަލްސާ އެއް ބާއްވަން ކަމަށް ބުނެ ވަރަށް ބޮޑަށް އެ ވާހަކަ މީސްމީޑިއާ ގައި ދައްކާ ކަަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ޖަލްސާ ބާއްވަނީ ކިހިނެއް ހޯދި ފައިސާ އަކުން ވެސް ނޭނގޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އެ ޖަލްސާ އިން ޕީއެންސީގެ ސައިޒް ފެންނާނެ ކަމަށް ވިދާޅުވެފައި ވާތީ އެކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ރައްދު ދެއްވާފައެވެ. އަދި ޕީއެންސީ ގެ ޖަލްސާ އަށް މާލެ އަންނަ މީހުންނަށް ފައިސާ ދޭކަން މީޑިއާ އާއި މީސްމީޑިއާ އަށް ހާމަވެފައިވާ ކަަަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އެފަދަ ކަންކަމާއި އާއްމުން ސަރުކާރަށް ކުރަނީ މަލާމާތް ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"މި ބޮޑާ، ބޮޑާ، ބޮޑު، ތަކައްބުރު ބޮޑު. މިއީ މި އެއްޗަކީ. ކޯޗެއް ދައްކަންތޯ މި އުޅެނީ. އަބްދުއްރަހީމަށް ވެސް މުއިއްޒު އަށް ވެސް އެނގިވަޑައިގަންނަވާނެ ފުރިފައި ހުރި އެއްޗެއް ގުޑު ގުޑެއް ނާޅާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ޕީއެންސީގެ ސައިޒް އެހާ ބޮޑު ނަމަ މާލެ ސަރަހައްދުން 20،000 މީހުން ނުނެރެވެނީ ކީއްވެތޯ ވެސް ސުވާލު ކުރައްވާފަ އެވެ. މުޅި ރާއްޖެ އިން ފައިސާ އާއި އެކޮމޮޑޭޝަން ދީގެން ޖަލްސާ އަށް ސަރުކާރު ހިންގާ ޕާޓީ އިން މީހުން ޖަމާ ކުރާ ކަމަށް ފާހަގަކުރައްވާ އެ މަނިކުފާނު ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ އެހެނިހެން މުވައްޒަފުން ވެސް ޖަލްސާ އަށް ދާން މަޖުބޫރު ކުރާ ކަމަށާއި އެކަން އާއްމުންނަށް ނޭނގޭ ކަމަށް ހީކުރަނީ ސިކުނޑީގައި އުނިކަން ހުރުމުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 2.8 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް މި އަހަރު ނިމެން ކައިރި ވެރިފައި ވަނިކޮށް ސަރުކާރުން ބަހާލާފައި ވަނީ ގާތް މީހުންނަށް އެކަމުން މަންފާ ލިބޭ ގޮތަށް ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެއިން އެއްވެސް މީހެއްގެ އަތުން އިކުއިޒިޝަން ކޮސްޓް ނަގާފައި ނުވާކަން ކުރީގެ ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފަ އެވެ.

- ކޮމެންޓް