 
                        
                
    
ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން އަޅުވެތި ކޮށްފައިވާ އިރު، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތި ކޮށްފި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މީޑިއާއަށް އައިސްފައި އޮތީ އިންގިލާބީ ވަރަށް ވަރުގަދަ ބަދަލެއް ކަމަށެވެ. ނަމަވެސް މީޑިއާތަކުން އަދާކުރަންޖެހޭ ދައުރު އަދާ ނުކުރާ ކަމަށާއި، މީޑިއާތަކަށް 28 މިލިއަން ރުފިޔާ ސަރުކާރުން ބަހާލަން ނިންމާފައިވާ ކަމަށެވެ. ޔާމީން ވިދާޅުވީ މީޑިއާތަކުގެ މެދުގައި ބަހާލި ގޮތާއި މެދު ދެބަސްވުންތަކެއް އޮތްނަމަވެސް އެ ލިބުނު ފަރާތްތައް ވެސް އެބަތިބި ކަމަށެވެ.
ޔާމީން ވިދާޅުވީ ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާހެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެތިއެތިކޮޅުން ދީގެން އެމީހުން އަޅުވެތި ކޮށްފައިވާ ކަމަށެވެ. އަދި މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުން މީޑިއާއަށް ޑިޕެންޑް ވެފައި އޮތްވާ ސަރުކާރުން ދިން ފައިސާއާއެކު މީޑިއާ ވެސް އަޅުވެތިވެ ނިމެއްޖެ ކަމަށެވެ.
ދެން ކޮބައިތޯ އަޒާން. އަޒާންގެ އެންމެ ވަރުގަދަ އިރު މަސައްކަތް ކުރެއްވި އުތުރު ތިލަފަޅާ ހަމައަށްދާން. އަޅުގަނޑަށް ހީވަނީ ފުއްމާލީހެން. ފުއްމާލާފައި އަދި ނާރާ އުޅެނީ. އަޅުގަނޑުމެންނަކަށް ނުފެނޭ އަޒާނެއް. ދެން އޮތީ އަސްވާޑު. އަޅުގަނޑުމެން ވަރަށް ގަބޫލުކުރިން ވަރަށް ތެދުވެރި ބޭފުޅެއް ކަމަށް. އެކަމަކު މިއަދުވެސް މި 28 މިލިއަނުގެ ތެރެއިން 4 މިލިއަން ކަންނޭނގޭ ގެންދިޔަ ސަންގުޓީވީ. މިއަދު އަސްވާޑެއް ނުފެނޭ. ހުރިހާ ކަމެއްގެ ބޮޓަމް ލައިން އަކީ ފައިސާތޯ؟ ފައިސާ ވެއްޖެއްޔާ އެއީ ރިޝްވަތު. ރިޝްވަތު ވެއްޖެއްޔާ އެއީ އަޅުވެތިކަން. ރިޝްވަތު ނަގާފައި ހުރި މީހަކަސް ނުކެރޭނެ މީހުންގެ ހައްގުގައި ވާހަކައެއް ބުނާކަށް.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީން ވިދާޅުވީ ގެއްލުނު ކަނޑު އަދިވެސް އޮތީ ގެއްލިފައި ކަމަށާއި، ޗާޓަކުން ވެސް ނުފެންނަ ކަމަށެވެ. އަދި ހަގީގަތަކީ މި ސަރުކާރުން އެކަމާއި ވެސް ނޫޅޭ ކަމަށާއި، ދެން ހުރި ކަންކަން ވެސް ހުރީ އެބީދައިން ކަމަށެވެ.
ޔާމީން ވިދާޅުވީ ކިތައްމެ ވަރަކަށް ދަތުރުފަތުރު ކުރިޔަސް އަދި އޮފުދާރު ކުރަން މަސައްކަތް ކުރިއަސް ކޮންމެ ގެއަކުން ވެސް ބުނަމުން ދަނީ އާސަންދައިން ބޭސްގުޅައެއް ނުލިބޭ ވާހަކަ ކަމަށެވެ. ރައީސް ޔާމީން ވަނީ މި ސަރުކާރުން ފަށަން އުޅޭ ރެސްޕެކްޓް ކެމްޕޭނަށް އަލިއަޅޫވާލާ މި ސަރުކާރުން ކުރާ ވައްކަމާއެކު އެ މި ސަރުކާރަށް ނުލިބޭނެކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ރައީސް މުއިއްޒު އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
