ކ. މާލެ
|
31 އޮކްޓޯބަރ 2025 | ހުކުރު 13:14
ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ އިސް މަގާމުތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުން
ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ އިސް މަގާމުތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުން
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
ޕީއެންއެފް
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު
ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝިއަލް ބީޗުގައި ބޭއްވި ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ މަގާމުތަކަށް މީހުން އިންތިހާބު ކުރެވުނެ
ސެކްރެޓަރީ ޖެނެރަލް އަކަށް މުހައްމަދު މަލީހު ޖަމާލް އަދި ޓްރެޝަރަރ އަކަށް އަހުމަދު މުސްތަފާ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝިއަލް ބީޗުގައި ބޭއްވި ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި އެ ޕާޓީގެ މަގާމުތަކަށް ވަނީ މީހުން އިންތިހާބު ކޮށްފަ އެވެ. އެގޮތުން ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިހާބު ކުރެވުނު އިރު ދެ ނައިބުރައީސުންގެ ގޮތުގައި އިންތިހާބު ވެފައިވަނީ ޔާމިންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އާއި ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. މި މަގާމުތަކަށް އިތުރު ފަރާތަކުން ކުރިމަތި ނުލާތީ 3 ބޭފުޅުން ވެސް ވަނީ ވޯޓަކާއި ނުލާ ހޮވިފަ އެވެ.

މީގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަކަށް މުހައްމަދު މަލީހު ޖަމާލް އަދި ޓްރެޝަރަރ އަކަށް އަހުމަދު މުސްތަފާ ވަނީ ވޯޓަކާއި ނުލާ އިންތިހާބުވެފަ އެވެ. ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް އިންތިހާބުވީ އަލީ ޝިއާން އެވެ. ޕާޓީގެ ސެނެޓަރުންގެ ގޮތުގައި 14 ބޭފުޅަކު ވަނީ އިންތިހާބު ކޮށްފަ އެވެ.

1 އަހަރުގެ މުއްދަތަކަށް ސެނެޓަށް އައްޔަން ކުރެވުނު ފަރާތްތައް

  • އާާދަމް އާސިފް
  • ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު
  • އަބްދުއް ސަމަދު
  • ޝަރީފާ ސައީދު
  • ހަލީމަތު ޒުހެއިރާ
  • އަލީ ޝާހު
  • ނާއިފު ޝައުކަތު
  • ފާތިމަތު ރަހުމާ
  • އަބްދުއް ލަތީފު
  • އަދްލީ އިސްމާއިލް
  • ޝަހީލު އަދީލު ޖަލީލު
  • މައިޒަރު އާދަމް
  • ޑރ. އަބްދުﷲ އިބްރާހިމް
  • އައިޝަތު ހަފީޒު
- ކޮމެންޓް