 
                        
                
    
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެމަނިކުފާނުފެ ނަންފުޅު އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕިއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި މެދު ޔަގީންކަން އެބައޮތް ކަމަށާއި، ސަރުކާރުގެ އެތެރެއިން އަދި މަޖިލީހުގެ ތެރެއިން ހިނގާ ކަންކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ނަން ކަރުދާސްކޮޅުގައި ނޯންނާނެ ކަމުގެ ކަށަވަރު ބަސް ދެމުން އަންނަ ކަމަށާއި، އެހެންވެއްޖެއްޔާ އެ ކަރުދާސް ޗާޕްކުރާނީ ދިވެހިރާއްޖޭގައި ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ. އަދި ކައިރި ތާރީހުން އިބުރަތެއް ހޯދުމަށްޓަކައި ފިލާވަޅެއް ނަގައިދޭ ކަމުގައިވާނަމަ އިބްރާހިމް މުހައްމަދު ޞާލިހު އެ ފިލާވަޅު ނަގައިދީފި. އިބްރާހިމް މުހައްމަދު ޞާލިހު ހިތްޕުޅުން އިންތިހާބު ކާމިޔާބުކުރީ ރައީސް ޔާމީން ޖަލުގައި ބައިންދައިގެން.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީން ވިދާޅުވީ ކޮންމެ މީހަކު ވެރިކަމަށް އަންނަނީ ފޮޓޯއެއް ދައްކައިގެން ނޫން ކަމަށާއި، މިހާރުގެ ސިޔާސީ ލީޑަރުން މަސައްކަތް ކުރަނީ އެބޭފުޅުންގެ އަމިއްލަ ބާރުގައި ކަމަށެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އައީ ވަކި ބޭފުޅެއްގެ ފޮޓޯއެއް ދައްކައިގެން ނޫން ކަމަށެވެ. އެކަމަކު މިއަދުގެ ރައީސް އަދި ނައިބު ރައީސްގެ ފޮޓޯއަށްވުރެ ޕޯސްޓަރުގައި ބޮޑުވާނީ އެމަނިކުފާނުގެ ފޯޓޯ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެންވީމާ ޕީއެންސީގެ މަޖިލިސް މެންބަރުން ތަންތަނަށް އަރާ ވާހަކަ ދައްކާއިރު ކުޑަކޮށް މުތާލިއާ ކޮށްލައްވާ ކަންކަން ހިނގާފައި ހުރި ގޮތް. އެހެންވީމާ ކޮންމެ މީހަކީ އަނެއް މީހާގެ އެހީ ހޯދައިގެން އުޅޭ މީހެއް ނޫން. އަޅުގަނޑުގެ ސްޓްރެންތަކީ އަޅުގަނޑަށް ތާއިދުކުރާ ރައްޔިތުން.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް މުއިއްޒުގެ މަކަރުވެރި ރޭވުމުގެ ތެރެއިން ޕީޕީއެމް ރައީސް ޔާމީންގެ އަތުން ނެންގެވުމުން ޕިއެންއެފްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވީ މީގެ 2 އަހަރެއްހާ ދުވަސް ކުރިން 10 އެޕްރީލް 2024 ގަ އެވެ.
އަދި ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ އަރޓިފިޝިއަލް ބީޗުގައި ބޭއްވި އިރު، އެ ޕާޓީގެ ރައީސް ކަމަށް ޔާމީން ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
