އަފްޣާނިސްތާނަށް އައި ވަރުގަދަ ބިންހެލުމުގައި މަދުވެގެން 20 މީހުން މަރުވެފައިވާކަމަށް ސަރަހައްދީ އޮފިޝަލުން ބުނެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފިއެވެ.
މިހާދިސާ ގައި އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ސަރަހައްދީ އޮފިޝަލުން ބީބީސީ އަށް ބުނެފައިވެއެވެ.
ބިންހެލުން އައީ އަފްޣާން ގަޑިން ހޯމަ ވިލޭރޭ ދަންވަރު 01:00 ހާއިރު، ގާތްގަނޑަކަށް ފަސްލައްކަ އެއްހާ މީހުން ދިރިއުޅޭ، ގައުމުގެ އެންމެ ބޮޑު ސިޓީތަކުގެ ތެރެއިން ސިޓީއެއް ކަމަށްވާ މަޒާރޭ ޝަރީފް ކައިރީގައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ޑޭޓާ އަށް ބަލާއިރު، މި ބިންހެލުމުގެ ބާރު މިނުގައި 6.3 ހުއްޓެވެ. ބިންހެލުން އުފެދުނު ފުންމިނަކީ 28 ކިލޯމީޓަރު (17 މޭލު) އެވެ.
ތާލިބާން ސަރުކާރުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނީ 320 އަށްވުރެ ގިނަ މީހުން ޒަހަމް ވެފައިވާ ކަމަށެވެ.
ރެސްކިއު މަސައްކަތްތައް ކުރިއަށްދާއިރު ފުރާނަ ގެއްލުނު މީހުންގެ އަދަދު އިތުރުވާނެ ކަމަށް ޕްރޮވިންސްގެ އޮފިޝަލުން ބީބީސީ އަށް ބުނެފައިވެއެވެ.
އަފްޣާނިސްތާނަށް ކަރަންޓު އެންމެ ބޮޑަށް ފޯރުކޮށްދޭ އުޒްބެކިސްތާނާއި ތަޖިކިސްތާނުން ކަރަންޓު ފޯރުކޮށްދޭ ލައިންތަކަށް ގެއްލުން ލިބުމުން، ބިންހެލުމުގެ ސަބަބުން ވެރިރަށް ކާބުލް ހިމެނޭހެން ގައުމުގެ އެކި ހިސާބުތަކުގައި ކަރަންޓު ވަނީ ކެނޑިފައެވެ.
މި ހާދިސާ ގައި މަޒާރޭ ޝަރީފްގެ މަޝްހޫރު އަދި އިސްލާމީ ތަރިކަ އެއްގެ ގޮތުގައި ބެލޭ މިސްކިތެއް ކަމަށްވާ ބުލޫ މޮސްކް އަށް ގެއްލުން ވެފައިވާ މަންޒަރުތައް އެކްސް ގައި ޕޯސްޓް ކޮށްފައިވެއެވެ.
🚨 Strong 6.3 quake struck near Mazar-e-Sharif, northern #Afghanistan
— Nabila Jamal (@nabilajamal_) November 3, 2025
10 killed and 260 injured, death toll is expected to rise
The USGS reported the quake at a depth of 28 km, issuing an orange alert for possible widespread damage. Balkh and Samangan provinces were hit hardest… pic.twitter.com/ckyUODhtx5
މަޒާރޭ ޝަރީފް ކައިރީގައި އޮންނަ ފަރުބަދަތައް ގިނަ ޕްރޮވިންސްއެއް ކަމަށްވާ ސަމަންގާން ގައި ވެސް ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް އެ ޕްރޮވިންސްގެ ތަރުޖަމާނު ބުނެފައިވެއެވެ.
ހޯމަ ދުވަހު މި ބިންހެލުން ހިނގީ އޯގަސްޓް މަހުގެ ފަހުކޮޅު އަފްޣާނިސްތާނުގެ ފަރުބަދަތަކުން ފުރިގެންވާ އިރުމަތީ ސަރަހައްދުގައި ރިކްޓަރ މިންގަނޑުން 6.0 ގެ ބާރު ހުރި ބިންހެލުމެއް ހިނގައި 1،100 އަށްވުރެ ގިނަ މީހުން މަރުވެފައިވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.