Advertisement
ކ. މާލެ
|
22 ނޮވެންބަރ 2025 | ހޮނިހިރު 08:50
ކުރީ ގެ ރައީސް އަބްދު ﷲ ޔާމީން، "ރައިޒް އަޕް ޔޫތް" އިވެންޓުގައި ވާހަކަދައްކަވަނީ
ކުރީ ގެ ރައީސް އަބްދު ﷲ ޔާމީން، "ރައިޒް އަޕް ޔޫތް" އިވެންޓުގައި ވާހަކަދައްކަވަނީ
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
ރައިޒް އަޕް ޔޫތް އިވެންޓް
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
އެ މަނިކުފާނު ވިދާޅުވީ ބިން ހިއްކުމަކީ ފަސޭހަ ކަމެއް، ނަމަވެސް އިންފްރާސްޓްރަކްޗަރ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ކަމަށް
2026 ވަނަ އަހަރުގެ ބަޖެޓަކީ އުފާވެރި ބަޖެޓެއް ނޫން
ޕާފޯމަންސް ރޭޓުން ބަލާ ނަމަ ސަރުކާރަށް ލިބޭނީ އެންމެ 20 މާރކްސް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕު ކުރަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ "ރައިޒް އަޕް ޔޫތް" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

2026 ވަނަ އަހަރުގެ ބަޖެޓަކީ އުފާވެރި ބަޖެޓެއް ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް އެ މަނިކުފާނު ސިފަކުރެއްވި އެވެ. އަދި ދުނިޔޭގެ ގައުމު ތަކުގައި ސަރުކާރުތަކާއި ވެރިންގެ ޕާފޯމަންސް ރޭޓުން ބަލާ ނަމަ ސަރުކާރަށް ލިބޭނީ އެންމެ 20 މާރކްސް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ ވެރިކަމުގަައި ދަރަނި ނެގި ކަމަށާއި އެމަނިކުފާނު ކޮށްދެއްވި ކަންކަން ފެންނަން ހުރިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީއެންސީ ސަރުކާރަށް ދެ އަހަރުވި އިރު ބޮޑު ތަނުން ފެއިލް ވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ މި ދެ އަހަރު ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ވެގެން ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވިހާ ވެސް ވާހަކަ އަކީ ގޯތީގެ ވާހަކަ ކަމަށެވެ.

"ރަސްމާލެ އިން 15،000 މީހުންނަށް، ކާށިދޫ ކަނޑުން 30،000 ހާސް މީހުންނަށް އަދި ބަރަވެލި ކަނޑުން 20،000 މީހުންނަށް ގޯތި ދެއްވާނެކަމަށް ވިދާޅުވި." ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބިން ހިއްކުމަކީ ފަސޭހަ ކަމެއް ކަމަށެވެ. އުނދަނގޫ ކަމަކީ އެއްގަމު ތޮށިލުމާއި، ކަނޑު ތޮށިލުމާއި، އިންފްރާސްޓްރަކްޗަރ އަދި ކަރަންޓާ ފެނާއި ނަރުދަމާގެ މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅު ވި އެވެ. އެކަންކަން ކުރެވޭ އިރު ރައީސް މުއިއްޒު ކިތަންމެ މުރާލި ނަމަވެސް އެ ހުރިހާ ކަމެއް ކޮށް ނިމޭ އިރު އެނދުދާން ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

- ކޮމެންޓް