Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2025 | ބުދަ 14:34
ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު
ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ސަރުކާރުން 2026 އަށް ލަފާކުރާ ބަޖެޓު މާދަމާ ހުށަހަޅަނީ
2026 ވަނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއާ ގުޅުންހުރި ކަންކަމަށް ކަމަށް ރައީސް ވިދާޅުވި
މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 1.8 ބިލިއަން ރުފިޔާ ހިމެނުނު ނަމަވެސް މިހާތަނަށް ޚަރަދުކުރީ އެންމެ ނުވަ އިންސައްތަ

ސަރުކާރުން 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބުރާސްފަތި ދުވަހު ހުށަހަޅަން އެޖެންޑާ ކޮށްފި އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ 2026 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ހުށަހެޅުމަށްޓަކައި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވިއިރު މަޖިލީހުގެ ވެބްސައިޓުގައި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށް ޖަލްސާއެއް އެޖެންޑާ ކޮށްފައިވާއިރު އެ ޖަލްސާާގެ އެޖެންޑާގަ އޮތީ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެކަންޏެވެ.

ބަޖެޓު ހުށަހެޅުމަށް ނިންމާ، އެކަމަށްޓަކައި ބުރާސްފަތި ދުވަހު ޖަލްސާ ބާއްވާއިރު، ބަޖެޓާ ގުޅޭ އެއްވެސް މައުލޫމާތެއް ފިނޭންސް މިނިސްޓްރީން ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ ކިހާ އަދަދެއްގެ ބަޖެޓެއްކަން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން ވާހަކަދައްކަވަމުން މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއާ ގުޅުންހުރި ކަންކަމަށް ކަމަށެވެ.

މި އަހަރުގެ ބަޖެޓު ހުށަހަޅަމުން ސަރުކާރުން ބުނީ މި އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށެވެ. އަދި މި އަހަރަށް ކަނޑައެޅީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކަނޑައެޅި އެންމެ ބޮޑު ބަޖެޓު ކަން ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމެނި ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމު ކުރާ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން ބޯހިޔާވަހިކަމަށް މިހާތަނަށް ޚަރަދުކުރީ ބަޖެޓު ކުރި އަދަދުގެ އެންމެ ނުވަ އިންސައްތައެވެ.

- ކޮމެންޓް