Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2025 | ބުރާސްފަތި 13:53
ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ހއ ހޯރަފުށި އެއަރޕޯޓު ހުޅުވައިދެއްވުމަށް ހޯރަފުއްޓަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން
ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ހއ ހޯރަފުށި އެއަރޕޯޓު ހުޅުވައިދެއްވުމަށް ހޯރަފުއްޓަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން
ރާއްޖެއެމްވީ
ހޯރަފުށީ ޑޭ އެވޯޑް
ހޯރަފުށިން، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އެއް އަރުވަނީ!
"ހޯރަފުށީ ޑޭ އެވޯޑް" އޮންނާނީ ބުރާސްފަތި ދުވަހުރޭ ހއ. ހޯރަފުށީގަ
ރައީސް ސާލިޙްގެ ސަރުކާރުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތައް ވަނީ ހިންގަވާފަ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ބުރާސްފަތި ދުވަހު ހޯރަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ސާލިޙްގެ މިދަތުރުފުޅަކީ ހޯރަފުށީ ކައުންސިލް އިން އިންތިޒާމްކޮށްގެން ބާއްވާ، "ހޯރަފުށީ ޑޭ އެވޯޑް" ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

"ހޯރަފުށީ ޑޭ އެވޯޑް" އަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ހޯރަފުށްޓަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާ، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާ، އަދި ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކުގެ އިތުރުން ދުނިޔޭގެ ފެންވަރުގަ އާއި ޤައުމީ ފެންވަރުގަ އަދި އަތޮޅު ފެންވަރުގަ، ރަށު ފެންވަރުގަ، ރަށަށް ރީތިނަމާ ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑް ދިނުމުގެ ގޮތުން އަހަރަކު 1 ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެވޯރޑް ދިނުމުގެ ހަފްލާއެކެވެ.

މިރަސްމިއްޔާތުގެ އެންމެ ހާއްސަ އެއް ކަމަކަށް އޮތީ ހޯރަފުށީގެ ކުރިއެރުމާ ތަރައްޤީއަށް ރައީސް ޞާލިޙުގެ ސަރުކާރުން އަމާޒު ކުރެއްވި، ނުހަނު ގިނަ މަޝްރޫޢުތަކުން ތަރައްޤީގެ ނޫރާނީ، ރަންޒަމާނެއް ހޯރަފުށްޓަށް ގެނެސްދެއްވި ތަރައްޤީގެ ޙަޤީޤީ ބާނީ އަށް ހޯރަފުށީ ކައުންސިލުން އަރުވާ ޚާއްޞަ ޚިދުމަތުގެ އައްޑަނަ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އަށް އެރުވުމެވެ.

މިހާއްސަ ރަސްމިއްޔާތު އޮންނާނީ ބުރާސްފަތި ދުވަހުރޭ ހއ. ހޯރަފުށީގަ އެވެ.

ރައީސް ސާލިޙްގެ ސަރުކާރުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތައް ވަނީ ހިންގަވާފަ އެވެ. އެގޮތުން ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އއ. ބޮޑުފޮޅުދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ވަނީ އަރުވާފަ އެވެ.

ރައީސް ސާލިޙްގެ ސަރުކާރުގައި ރާއްޖޭގެ އާބާދީގެ ކުޑަބޮޑު މިނަށް ނުބަލައި ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި މިނޫން ވެސް ރަށްރަށް ބޭނުންވާ ޙިދުމަތްތައް މަގުފަހިކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މިސަރުކާރު އައުމަށްފަހު ގިނަ މަޝްރޫތަކެއް ހުއްޓިފައިވުމާއި އެކު ރައްޔިތުންގެ ނުހަނު ކަންބޮޑުވުންތަކެއް ހުރި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެ އެވެ.

- ކޮމެންޓް