ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ކުރީ ސަރުކާރުގެ މިންނެތް މަސައްކަތުން ކަމަށާއި ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެ ބުރަ މަސައްކަތުން ކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްސައްތާރު ވިދާޅުވީ މިއީ ވަރަށް އިހްލާސްތެރި މަސައްކަތެއް ކަމަށާއި މިސަރުކާރުން ވެސް މާބޮޑު ހީނަރު ކަމެއް ނުގެނެސް އަދި އެއްކޮށް އެއަރޕޯޓުގެ މަސައްކަތް ނިންމާނުލެވުނު ކަމުގައިވީ ނަމަވެސް މިހާރު ހުޅުވުމުން އުފާ ކުރާ ކަމަށެވެ. އަދި މި މަސައްކަތަކީ މިހާރު މިއޮތް ކައުންސިލްގެ ދައުރުގައި ފެށި މަސައްކަތެއް ކަމަށާއި އެހެންކަމުން މި ދައުރުގައި އެއަރޕޯޓު ހުޅުވުމަކީ ވެސް ވަރަށް އުފާ ކުރާ ކަމެއް ކަމަށް އަބްދުއްސައްތާރު ވިދާޅުވި އެވެ.
މިހާރުވެސް ވަނީ މޯލްޑިވިއަންގެ އިސްވެރިންނާ ކޮންމެސް ވަރަކަށް ވާހަކަ ދެކެވިފަ. އެބޭފުޅުންވެސް ޔަގީންކަން ދީފަ އެބައޮތް މި މާލެއެކޭ އެއް ހަމައަށް އަގުތައް ތިރިކޮށް އެކަންކަން ކުރިއަށްގެންދާނެ ކަމަށް އެހެން ނަމަވެސް މިކަމަކީ އެކިފަހަރު މަތިން ދެއްކިފަ ހުރި ވާހަކަ ތަކެއް އެހެން ނަމަވެސް މިކަމަކަށް އަދިއެއް ހައްލެއް ނާދެ. ރައްޔިތުންގެ އެންމީދަކީ އަބަދުވެސް ދިވެހި ގައުމަށް އަދި ހަނިމާދޫ އަށް ވެސް ރައްޔިތުންނަށް ވެސް އޭގަ އެންމެ ރަނގަޅު ގޮތުގަ އެކަންކަން ލުއި ފަސޭހަ ގޮތެއްގަ ވެގެން ދިއުން.
އަބްދުއްސައްތާރު ހަސަން![]()
މީގެ އިތުރުން އަބްދުއްސައްތާރު ހަސަން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވިގެން ދިއުމަކީ ރާއްޖެއިން ބޭރަށް ފަސޭހައިން ދަތުރު ކޮށް މި ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަބްދުއްސައްތާރު ފާހަގަ ކުރެއްވި ގޮތުގައި ސްރީލަންކާ އިން ހަނިމާދޫ އަށް ޑައިރެކްޓް ފްލައިޓް އެޅިއްޖެ ނަމަ ހދ ގެ ޓޫރިޒަމް އަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ފައިނޭންސްކޮށް، އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސް އިން ކުރިއަށްގެންދާ ހަނިމާދޫ އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫއެކެވެ.