ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރައްވައިފި ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މި ތާރީޚީ ކާމިޔާބު ޙާޞިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް އަންގާރަ ދުވަހު މެންދުރު ވަޑައިގަތުމާއެކުގަ އެވެ.
ރައީސް އޮފީހުން މިގޮތަށް ހާމަކުރުމާއި އެކު ހާމަކުރުމާއި އެކު ގިނަ ބަޔަކު ދަނީ ރައީސް މުއިއްޒު އަށް ދަނީ ފާޑުކިޔަމުންނެވެ، އެގޮތުން ވެރިކަމަށް ދެ އަހަރުވާން ކައިިރި ވެފައިވާއިރު، ވެރިކަމަށް ވަޑައިގެން މިވީ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތަރައްޤީގެ އެއްވެސް މަޝްރޫއު އެއް ކުރިއަށް ގޮސްފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.
2025 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ވިދާޅުވި ނަމަވެސް، އަހަރު ނިމިގެންދިޔަ އިރު ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް މިހާތަނަށް ހިންގާފައެއް ނުވެ އެވެ. ހިންގާފައި ނުވާތާ، ކުރީ ސަރުކާރުން ނިންމާފައި ހުރި ފްލެޓް ތަކާއި ގޯތި ތައް ވެސް ހަވާލު ކޮށް ނިންމާލެވޭ ވަރެއް ނުވިއެވެ. ރަސްމާލެ ހިންގުމުގެ މަޝްރޫއު ވެސް ވަކި ހިސާބަކުން ވަނީ މަޑުޖެހިފަ އެވެ. އެއްވެސް މަޝްއޫއެއް ނުހިންގަވާ ދެ އަހަރު ވެފައިވާއިރު، ކޮންމެ ރަށަކަށް ވަޑައިގެން ދަނީ މަތި މައްޗަށް ވައުދު ވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކ. ތުލުސްދޫއަށް އަންގާރަ ދުވަހު ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި މިވަނީ ވަޑައިގެންފަ އެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް ފެނިގެން ދަނީ ނިމިދިޔަ ސަރުކާރުން ފައްޓާފައިވާ ގިނަ މަޝްރޫއުތައް ވެސް ހުއްޓާލާ، އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް މަތި މައްޗަށް ވަައުދު ވަމުންދާ ތަނެވެ. ރައްޔިތުން ގުނބޯ ހެއްދެވުމުގައި ފިސާރި ކުރިއަށް ވަޑައިގަންނަވާ މަންޒަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެ އެވެ. އަދުގެ ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތެވެ. ނަމަވެސް، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޚިދުމަތް ދެވެން ފެށީވެސް މި ދަތުރުފުޅުތަކުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ހަމަ މިފަދައިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކޮށް އެޚިދުމަތްތައް ފޯރުކޮށްދެއްވަން ފެއްޓެވީވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ތެރެއިން ކަމަށް ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ކުރެއްވިހާވެސް ކަމަކީ ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމެވެ. ބައެއް މީހުން ބުނާ ގޮތުގައި ހުސް ގަނޑުގައި ވެސް ސޮއި ކޮށްފައި އެބަހުއްޓެވެ. ސޮއި ކުރި އެއްޗެއް ގައި ހުރީ ކޮން އެއްޗެއް ކަމެއް ވެސް އެނގޭ މީހަކު ނެތެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާ ގުޅުންހުރި ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ފައްޓަވާފައި ވަނީ މަންޒަރު ދައްކާލުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރެކޯޑް ހައްދަވަން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވެވި އެވެ. އޭގެ ފަހުން ރަށްރަށަށް ދަތުރު ކުރެއްވުމުގައި ވެސް އަނެއް ރެކޯޑް ހެއްދެވި ކަމަށް އިއުލާނު ކުރައްވައިފިއެވެ. ހަވާ އެރުވުމުގެ ރޮނގުން ވެސް ރެކޯޑް ފޮތައް މި ސާރުކާރު އަރައިފިއެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ރެކޯޑް ހެއްދެވުމުގައި އަވަދި ނެތި އުޅުއްވަމުން ގެންދަވާ އިރު ރައްޔިތުން ބުނަމުން ދަނީ ދޮގު ހެދުމުގައި ވެސް މި ސަރުކާރު ވަނީ ރެކޯޑް ހަދާފައި ކަމުގައެވެ.