Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2025 | އަންގާރަ 09:59
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާކް
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާކް
ރޮއިޓަރސް
އިނގިރޭސިވިލާތް
ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ
ނިއުސް ޔޫކޭ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާާކް، ދަ ސަންޑޭ ޓައިމްސްގެ ކޮލަމިސްޓެއްގެ ގޮތުގައި ގުޅިވަޑައިގެން ކޮލަމް ލިޔުއްވަން ފައްޓަވައިފި އެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރިޗްމަންޑް އެންޑް ނޯތްއެލަޓަންގެ މެމްބަރުގެ ގޮތުގައި މިހާރު ވެސް ހުންނެވި ސުނާކް، ހަފުތާ އަކު އެއް ފަހަރު ކޮލަމް ލިޔުއްވާނެ ކަމަށް ސަންޑޭ ޓައިމްސް އިން ވަނީ ހާމަ ކޮށްފަ އެވެ. އެގޮތުން ވިޔަފާރި އާއި، ޓެކްނޮލޮޖީ އާއި، ސިޔާސީ އަދި އިޤްތިޞާދީ ދާއިރާތަކާ ގުޅޭ ލިޔުންތައް ސުނާކް ލިޔުއްވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ދަ ސަންޑޭ ޓައިމްސްގެ އެޑިޓަރު ބެން ޓެއިލާ ވިދާޅުވެފައި ވަނީ، ސުނާކް ފަދަ އިއްޒަތްތެރި އަދި ޤަދަރުވެރި ބޭފުޅަކު އެ ނޫހާ ގުޅިވަޑައިގެން، ލިޔުއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ސުނާކްގެ ތަޖުރިބާ އާއި، ފުޅާ ވިސްނުންްތެރި ކަމުން، އަދުގެ ދުނިޔޭގެ އުނދަގޫ އަދި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ވިޔަފާރީ ތަކަށް މަދު ދައްކައިދޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުނާކް ވިދާޅުވެފައި ވަނީ، އޭނާ އަކީ ދަ ސަންޑޭ ޓައިމްސްގެ ވިޔަފާރި ބައި ޤަވާއިދުން ކިޔުއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި އެ ނޫހަކީ ވަރަށް މޮޅު އަދި ފުރިހަމަ ނޫހެއް ކަމަށާއި، އެ ފަދަ ނޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށް ސްޓާމާ ވިދާޅުވި އެވެ.

މީގެ އިތުރުން ސުނާކް ވިދާޅުވީ ބޮޑެތި ބަދަލުތައް އަންނަމުންދާ މި ދަނޑިވަޅުގައި، އަދި ދުނިޔޭގެ އިޤްތިޞާދަށް އަސަރު ކުރަމުންދާ ކަންކަމާ ބެހޭ ގޮތުންނާއި، ސިޔާސީ އަދި ޓެކްނޮލޮކީގެ ދާއިރާ އިން ފެންނަމުންދާ ބަދަލުތަކާ މެދު ކިޔުންތެރިންނާ އެކު މަޝްވަރާ ކުރުމަށް ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށވެެ.

ދަ ސަންޑޭ ޓައިމްސްގެ އިސްވެރިން އުންމީދު ކުރާ ގޮތުގައި، ސަރުކާރުގެ ތަޖުރިބާ އާއި، ބައިނަލްއަޤުވާމީ މައިދާނުގައި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ސުނާކްގެ ލިޔުންތަކަކީ ކޮންމެ ހަފުތާއެއްގެ ކިޔުންތެރިން ބަލައި ގަންނާނެ ލިޔުން ތަކަށް ވާނެ ކަމަށެވެ.

ސުނާާކް ވަނީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަން ގާތް ގަނޑަކަށް ދެ އަހަރެއްހާ މުއްދަތެއް ވަންދެން އަދާ ކުރަށްވައިފަ އެވެ. އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ސުނާކް ވަޑައިގެންނެވީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން ބޮޑު ވަޒީރު ކަމުގައި ހުންނެވި ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭގެ ފަހުން 2024 ވަނަ އަހަރު އޮތް އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި ސުނާކް ނިސްބަތްވެ ވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީ އަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުމާ އެކު، އެ އަހަރުގެ ޖުލައި މަހު ސުނާާކް ވަނީ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

- ކޮމެންޓް