Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2025 | އަންގާރަ 09:56
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ
ރޮއިޓަރސް
އިނގިރޭސިވިލާތް
އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހާމަ ކުރެއްވީ ޕޯސްޓް-ޕަންކް މިޔުޒިކަށް ކުރައްވާ ލޯބި
ކުޑައިރުއްސުރެ މިޔުޒިކަށް ޝައުޤުވެރިކަން އޮންނަ ސްޓާމާ ވަނީ ފްލޫޓް، ޕިއާނޯ، ރެކޯޑާ އަދި ވައިއޮލިން ކުޅުއްވުމުގެ އިތުރުން ގިލްޑްހޯލް ސްކޫލް އޮފް މިޔުޒިކް އެންޑް ޑްރާމާގެ ސްކޮލާޝިޕެއް ވެސް ޙާސިިލު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް ކޮންމެ ދުވަހަކު ވެސް މިޔުޒިކް އަޑު އެއްސެވުމަކީ، ދުނިޔޭގެ ކަންކަމުން މަޑު މަޑުން ދުރަށް ޖެހިލެވޭނެ ގޮތެކެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ސްކޮޓްލެންޑުގެ ޕޯސްޓް-ޕަންކް ބޭންޑް އޮރެންޖު ޖޫސް އަދި ނޯދަން ސޯލް މިޔުޒިކަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ލޭބަރ ޕާާޓީގެ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ސްޓާމާ މިހެން ވިދާޅުވީ ބީބީސީ ރޭޑިއޯ ތިނެއްގެ "ޕްރައިވެޓް ޕެޝަންސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ސްޓާމާ ވަނީ ބެތޯވަން، ޗައިކޮވްސްކީ އަދި އެލްގާގެ މަޝްހޫރު މިޔުޒިކު ތަކާ އެކު، އޭނާގެ އަމިއްލަ މިޔުޒިކަލް ދަތުރުގެ ވާހަކަ ވެސް ހިއްސާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސްކޫލުގައި ފެޓް ބޯއި ސްލިމްގެ ނަމުން މަޝްހޫރު ނޯމަން ކުކްއާ އެކު ވައިއޮލިން ކުޅުއްވި ދުވަސް ތަކުގެ ހަނދާން ސްޓާނާ ވަނީ ހިއްސާ ކުރައްވައިފަ އެވެ.

ކުޑައިރުއްސުރެ މިޔުޒިކަށް ޝައުޤުވެރިކަން އޮންނަ ސްޓާމާ ވަނީ ފްލޫޓް، ޕިއާނޯ، ރެކޯޑާ އަދި ވައިއޮލިން ކުޅުއްވުމުގެ އިތުރުން ގިލްޑްހޯލް ސްކޫލް އޮފް މިޔުޒިކް އެންޑް ޑްރާމާގެ ސްކޮލަރޝިޕެއް ވެސް ޙާސިިލު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް ކޮންމެ ދުވަހަކު ވެސް މިޔުޒިކް އަޑު އެއްސެވުމަކީ، ދުނިޔޭގެ ކަންކަމުން މަޑު މަޑުން ދުރަށް ޖެހިލެވޭނެ ގޮތެކެވެ.

ސްޓާމާ ވިދާޅުވީ ލީޑްސް ޔުނިވާަރސިޓީގައި 1980 ގެ އަހަރު ތަކުގައި ޤާނޫނީ ދާއިރާ އިން ތައުލީމު ހާސިލު ކުރެއްވި ދުވަސް ވަރު، އޮރެންޖް ޖޫސް ބޭންޑާ ދިމާވެ، އެ ބޭންޑާ ތައާފަރުވި ކަމަށެވެ. ސްޓާމާ ވިދާޅުވީ އޭރު ދިރިއުޅުއްވަމުން ގެންދެވި ރަށުގެ މާހައުލަށް ފަރިތަވެ، ތަފާތު ސަގާފަތުގެ ވެއްޓަކަށް ބަދަލުވުމާ އެކު މިޔުޒިކްގެ އައު ބާބެއް ފެށުނު ކަމަށެވެ.

އެ ޕްރޮގްރާމްގައި ބޮޑު ވަޒީރު ސްޓާމާ ވަނީ އޭނާގެ އާއިލާގެ ބައެއް ވާހަކަތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން އޭނާގެ މަަންމަ، ސްޓިލްސް ބަލީގެ ސަބަބުން 2015 ވަނަ އަހަރު އަވަހާރަވި ވާހަކަ ވެސް ހިއްސާ ކުރެއްވި އެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ ބޮކްސިން ދުވަހު އޭނާގެ ކުޑަ ކޮއްކޮ ނިކް އަވަހާރަވެ ބޮޑު ހިތާމައެއްގެ ތެރޭގައި ހުންނަވަން ޖެހުނުއިރު، ހިތްހަމަ ޖެއްސުމަށް އެންމެ ގިނައިން އަޑު އެއްސެވީ މިޔުޒިކް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓާމާ ވަނީ ސްކޫލު ތަކުގައި މިޔުޒިކްގެ މާއްދާ ކިޔަވައި ދެމުން އަންނަ މިންވަރު ދަށްވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ބްރެގްޒިޓްގެ ސަބަބުން އިނގިރޭސި މިޔުޒިޝަނުންނަށް ޔޫރަޕުގެ ޕާރފޯމް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ސްޓާމާ ވަނީ ދެއްވައިފަ އެވެ.

2024 ވަނަ އަހަރު އިނގިރޭސިވިލާތުގައި އޮތް އާންމު އިންތިޚާބުގައި ސްޓާމާގެ ލޭބަރ ޕާޓީ އިން ބޮޑު ކާމިޔާބެއް ހޯދިއިރު، އޭނާ ވަނީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންފަ އެވެ.

މަސްދަރު: ދި ގާޑިއަން
- ކޮމެންޓް