Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2025 | ހޯމަ 13:46
ލޫވްޚަ ދާރުލްއާސާރަށް ވަނުމަށް ވަގުންގެ ގުރޫޕުން ބޭނުން ކުރި ލިފްޓު ކައިރީގައި ފުލުހުން ޙަރަކާތްތެރި ވަނީ
ލޫވްޚަ ދާރުލްއާސާރަށް ވަނުމަށް ވަގުންގެ ގުރޫޕުން ބޭނުން ކުރި ލިފްޓު ކައިރީގައި ފުލުހުން ޙަރަކާތްތެރި ވަނީ
ރޮއިޓަރސް
ފްރާންސް
ފްރާންސްގެ އެންމެ މަޝްހޫރު ލޫވްޚަ ދާރުލްއާސާރުން ވައްކަން ކޮށްފި، ސެކިއުރިޓީ ފެއިލްވި ކަމަށް މިނިސްޓަރުގެ އިއުތިރާފް
ހޯމަ ދުވަހު ފްރާންސްގެ އިންޓަ ރޭޑިއޯ އަށް ދެއްވި އިންޓަވިޔުއެއްގައި ޖަސްޓިސް މިނިސްޓަރު ވިދާޅުވީ، ޕެރިހުގެ މެދު ތެރޭގައި ފަރުނީޗަރު އުފުލާ ހޮއިސްޓެއް ބަހައްޓައި، މަދު ވަގުތު ކޮޅެއްގެ ތެރޭގައި އަގު ހުރި ޖަވާހިރު ތަކެއް ވަގަށް ނަގައި، ފްރާންސްގެ ނަން ހަޑި ކޮށްލުމުގެ ފުރުސަތު ލިބުނުކަމީ، ސެކިއުރިޓީ ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

ފްރާންސްގެ ވެރި ރަށް ޕެރިހުގައި އެންމެ އެންމެ މަޝްހޫރު ދާރުލްއާސާރު ކަމަށްވާ ލޫޚަވް އިން ވައްކަން ކޮށްފައިވާއިރު، ސެކިއުރިޓީ ނިޒާމު ފެއިލްވެފައިވާ ކަމަށް އެ ޤައުމުގެ ޖަސްޓިސް މިނިސްޓަރު ޖެރަލްޑް ދަރްމަނިން އިއުތިރާފުވެ ވަޑައިގެންފި އެވެ.

ދުނިޔޭގެ އެތައް ބަޔަކު ޒިޔާރަތް ކުރާ ދާރުލްއާސާރަށް ވަގުންގެ ބަޔަކު ވަދެ ވަނީ، އަގު ބޮޑު ޖަވާހިރު ތަކެއް ވަގަށް ނަގައިފަ އެވެ. މި ވައްކަން ކޮށްފައި ވަނީ ދުވާލުގެ ވަގުތެއްގަ އެވެ. މި ވައްކަން ކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި، އެ ވައްކަން ކޮށްފައި ވަނީ އެންމެ ހަތަރު މިނެޓުގެ ތެރޭގައި ކަމަށް ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހު ފްރާންސްގެ އިންޓަ ރޭޑިއޯ އަށް ދެއްވި އިންޓަވިޔުއެއްގައި ޖަސްޓިސް މިނިސްޓަރު ވިދާޅުވީ، ޕެރިހުގެ މެދު ތެރޭގައި ފަރުނީޗަރު އުފުލާ ހޮއިސްޓެއް ބަހައްޓައި، މަދު ވަގުތު ކޮޅެއްގެ ތެރޭގައި އަގު ހުރި ޖަވާހިރު ތަކެއް ވަގަށް ނަގައި، ފްރާންސްގެ ނަން ހަޑި ކޮށްލުމުގެ ފުރުސަތު ލިބުނުކަމީ، ސެކިއުރިޓީ ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެ ވައްކަން ކޮށްފައި ވަނީ ހަތަރު މީހުންގެ ގުރޫޕަކުންނެވެ. އެގޮތުން ދާރުލްއާސާރުގެ މަތީ ފަންގިފިލާގެ ކުޑަ ދޮރެއް ތަޅާލައިގެން އެ މީހުން އިމާރާތުގެ ތެރެއަށް ވަދެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެއަށް ފަހު ވަގުންގެ ގުރޫޕުން ވަނީ ޖަވާހިރުތައް ވަގަށް ނަގާފައި ކަމަށާއި، މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެ މީހުން އެ ތަކެތި ހިފައިގެން އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.

އަހަރެއްގެ ތެރޭގައި އެތައް މިލިއަން މީހުން މި ދާރުލްއާސާރަށް ޒިޔާރަތް ކުރާއިރު، ވައްކަމުގެ މި ހާދިސާއާ ގުޅިގެން ދާރުލްއާސާރުގެ ސެކިއުރިޓީ ނިޒާމު ހަރުދަނާ ކުރުމަށް އަވަސް ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށް ވެސް ޖަސްޓިސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެކަމުގައި ޒިންމާވަން ޖެހޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ފްރާންސްގެ އިންޓީރިއާ މިނިސްޓްރީ އިން ބުނެފައި ވަނީ، ވައްކަމުގެ އެ ހާދިސާގައި ވަގުން ނަގާފައިވާ ތަކެތީގެ ލިސްޓެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ވަގުން ވަގަށް ނަގާފައިވާ ސާމާނުގެ ތަފްސީލެއް މިހާތަަނަށް އެނގިފައި ނުވި ނަމަވެސް، އޭގެއިން ބައެއް ތަކެތި ދާރުލްއާސާރުގެ ބޭރުން ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް