Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2025 | ހުކުރު 18:52
މަސްތުވާތަކެތީގެ މައްސަލައެއްގައި، މަސްތުވާތަކެތި ހޯދުމަށް ފުލުހުން ކުއްތާ ބޭނުންކުރަނީ- ފައިލް ފޮޓޯ
މަސްތުވާތަކެތީގެ މައްސަލައެއްގައި، މަސްތުވާތަކެތި ހޯދުމަށް ފުލުހުން ކުއްތާ ބޭނުންކުރަނީ- ފައިލް ފޮޓޯ
ޕޮލިސް
މަސްތުވާތަކެތި ޓްރެފިކް ކުރުން
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
އެއީ ސްޕެއިންއަށް ނިސްބަތްވާ 60 އަހަރުގެ މީހެއް
އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައި

ދިވެހިރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޕެޑްރޯ މިގްއެލް މަންޒާނޯ އެންގޯސްޓް ނަމަކަށް ކިޔާ ފިރިހެނެކެވެ.

ކްރިމިނަކް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ސްޕެއިންއަށް ނިސްބަތްވާ 60 އަހަރު އެމީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.

ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ބަންދުގައި ބަހައްޓަންޖެހޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ތަހުގީގު ބަޔާނުގެ އިތުރުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، މިފަދަ މައްސަލަތަކުގައި ބޭރުގެ ގައުމުތަކަށް ނިސްބަތްވާ މީހުން ހައްޔަރުކޮށް ޑީޕޯޓު ކޮށްލާފައިވެއެވެ. އެގޮތުން މިފަހުން ސްރީލަންކާއަށް ނިސްބަތްވާ ބަޔަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

- ކޮމެންޓް