ކ. މާލެ
|
4 ނޮވެންބަރ 2025 | އަންގާރަ 08:37
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
މިހާރު
ބައްސާމު އަދީލް ޖަލީލު
ބައްސާމަށް ކުރި ހުކުމް އަދިވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓަށް ނުލާ
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ބައްސާމު އަދީލް ޖަލީލަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގަ
ހުކުމް އިއްވި އިރު ރަސްމީ ގަޑި ނިމިފައި ވުމުން މިހާތަނަށް ކްރިމިނަލް ކޯޓުގެ ވެބްސައިޓަށް ހުކުމް ލާފައި ނުވޭ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލު އަށް ކުރި ހުކުމް އަދިވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓަށް ނުލަ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލު އަށް އިތުރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އޭނާގެ ޝަރީއަތް ނިމި ހުކުމް އިއްވި އިރު ރަސްމީ ގަޑި އޮތީ ނިމިފަ އެވެ.

އެހެންކަމުން ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުގެ ވެބްސައިޓަށް ހުކުމް ލާނެ ކަމަށް ބެލެވުނެވެ. އެއީ އާންމުކޮށް ހުކުމް ކުރާ ގަޑިއަކީ ރަސްމީ ގަޑީގެ ބޭރު ގަޑިއެއް ނަމަ ޖެހިގެން އަންނަ ދުވަހު ހުކުމް ވެބްސައިޓުން ފެންނަން ހުރެ އެވެ. ހުކުރު ދުވަހު ވެސް ހުކުމް ވެބްސައިޓުގައި ފެންނަން ނެތުމުން، ކޯޓުގެ ރަޖިސްޓްރާ ހަސަން އަށް ގުޅުމުން ވިދާޅުވީ އާދީއްތަ ދުވަހު ވެބްސައިޓަށް ލާނެ ކަމަށެވެ.

އަދި އެ ދުވަހު ވެބްސައިޓަށް ހުކުމް ނުލާ އިނީ ރަސްމީ ގަޑި ނިމުމުން ކަމަށާއި، އެހެންކަމުން އާދީއްތަ ދުވަހު ވެބްސައިޓުން ހުކުމް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހޯމަ ދުވަސް ނިމިގެން ދިޔަ އިރުވެސް ވެބްސައިޓަށް ހުކުމް ލާފައި ނެތެވެ. މީގެ އިތުރުން ވޭތުވެދިޔަ ދެ ދުވަހުގެ ބަންދު ޝަރީއަތުގެ އެއްވެސް މައުލޫމާތެއް ވެސް ކޯޓުގެ ވެބްސައިޓުގައި ފެންނަން ނެތެވެ.

- ކޮމެންޓް