Advertisement
ކ. މާލެ
|
8 ނޮވެންބަރ 2025 | ހޮނިހިރު 12:43
އުކާލާ ތެޔޮ ވިއްކި މައްސަލާގައި ހައްޔަރު ކުރި މީހުން
އުކާލާ ތެޔޮ ވިއްކި މައްސަލާގައި ހައްޔަރު ކުރި މީހުން
ޕޮލިސް
ޕޮލިސް
ހައްޔަރުކުރި ބިދޭސީ އަކު ޕިކަޕް ދުއްވާތީ އާއި ދިވެއްސަކާ އިނދެގެން އުޅޭތީ ކޯޓުން ދޫކޮށްލައިފި
ރިސޯޓުތަކުގައި ބޭނުން ކުރާ އުކާލާ ތެޔޮ ވިއްކުމުގެ ތުހުމަތުގައި ފަސް ބަންގްލަދޭޝް މީހުން ހައްޔަރުކޮށް 46 ހަން ތެޔޮ ހޯދާފައިވެ

ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ކައްކާ ތެޔޮ ވިއްކަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފަސް ބިދޭސީންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލީ ދިވެއްސަކާ ކައިވެނިކޮށްގެން ސައްހަ ވިސާއެއް ގައި ރާއްޖޭގައި އުޅޭތީ އޭނާ އަށް ޝަރުތު ކުރުމަށްފަހު އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ ފަސް މީހުންގެ ތެރޭގައި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހަކީ 43 އަހަރުގެ މުހަންމަދު ހާރޫން އެވެ.

ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހާރޫން ދޫކޮށްލީ އޭނާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހަކަށްވުމުގެ އިތުރުން، އޭނާއަކީ ޕިކަޕް ޑްރައިވަރެއް ކަމަށް ބެލެވޭތީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބާކީ ތިބި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

ފުލުހުންނަށް މައުލޫމާތު ލިބުނީ ބުދަ ދުވަހުގެ ރޭ އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއެއަކުން ތެޔޮ ހަންތަކެއް އަރުވާ ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ފަސް މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލާފާސްކުރި އެވެ.

އެ އޮޕަރޭޝަނުގައި ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ. މި ތެޔޮ ވިއްކަމުންދާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

- ކޮމެންޓް