Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2025 | އާދީއްތަ 19:06
އދ. ދިގުރަށުގެ ގިރާ ސަރަހައްދު، ވެރިކަން ބަދަލުވުމާއެކު މަސައްކަތް ވަނީ ހުއްޓިފައި
އދ. ދިގުރަށުގެ ގިރާ ސަރަހައްދު، ވެރިކަން ބަދަލުވުމާއެކު މަސައްކަތް ވަނީ ހުއްޓިފައި
ރާއްޖެއެމްވީ
ދިގުރަށް ގިރާ މައްސަލަ
ވެރިކަން ބަދަލުވުމާއެކު ހުއްޓުނު ދިގުރަށު ރަށްގިރާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރައިސް މުއިއްޒު ވަޑައިގެން އަލުން ފައްޓަވައިދެއްވަނީ!
ބަނދަރުގެ މަސައްކަތާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހުއްޓުނީ ވެރިކަން ބަދަލުވުމާއެކު
ދިގުރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ރައީސް ޞާލިހުގެ ސަރުކާރުން އޮތީ އެމްޓީސީސީއާ ހަވާލުކޮށްފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާތީ މި ވެރިކަން އައި ފަހުން ހުއްޓިފައި އޮތް ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށަން ޖިއޯ ބޭގް ގެނެސްފައިވާ ކަމަށް އދ. ދިގުރަށު ކައުންސިލްގެ ރައީސް އިބުރާހީމް އުސްމާން ވިދާޅުވެއްޖެ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ދިގުރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އޮތީ ނިންމާ މަސައްކަތް އެމްޓީސީސީއާއި ވެސް ހަވާލުކޮށްފައި ކަމަށެވެ. އަދި މަސައްކަތް ނިންމަން އޮތީ ބަނދަރުގެ މަސައްކަތް ނިމޭއިރު އެ މަސައްކަތާއެކު ގިރާ ސަރަހައްދު ވެސް ހިމާޔަތްކުރާ ގޮތަށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ކަން އެހެން އޮތްނަމަވެސް ބަނދަރުގެ މަސައްކަތް ހުއްޓި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނުފެށުނު ކަމަށެވެ.

ބަނދަރުން ފަށައިގެން ގާތްގަނޑަކަށް 400 އެއްހާ މީޓަރު ދިގުމިނުގައި ގިރާ ސަރަހައްދު ހިމާޔަތްކުރަން ޖިއޯބޭގް ޖަހާގޮތަށް އޮތީ. މަސައްކަތް ނުފެށި އޮތީމަ ރަށް ގިރުމުގެ މަސައްކަތް އިތުރަށް ބޮޑުވަމުންދަނީ.

އދ. ދިގުރަށު ކައުންސިލްގެ ރައީސް އިބުރާހީމް އުސްމާން

ކައުންސިލްގެ ރައީސް ވިދާޅުވީ ގިރާ ސަރަހައްދަކީ ފަތުރުވެރިންނަށް ހާއްސަ ސަރަހައްދެއް ކަމަށެވެ. އަދި ގިރާ ދުވަސްވަރު ވަރަށް ބޮޑަށް ގާތައް އަރައި ބޮޑު ބައި ގިރައިގެން ގޮސް ގަސްތައް ވެސް ވެއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ބައިވަރު ރުއްތައް މިހާރު ވެސް ވެއްޓިއްޖެ. އެހެންވީމަ މި ސަރަހައްދު ޓުއަރިސްޓުންނަށް ބޭނުންކުރަން ވެސް ބޭނުންކުރަން ވަރަށް ދަތިވެފައި މިއޮތީ.

އދ. ދިގުރަށު ކައުންސިލްގެ ރައީސް އިބުރާހީމް އުސްމާން

ކައުންސިލްގެ ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި އެ ދަތުރުފުޅާއެކު ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުމަށް ޖިއޯބޭގް ވެސް ގެނެސްފައިވާ ކަމަށެވެ.

- ކޮމެންޓް