Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2025 | ބުދަ 06:54
އިންޑިއާގެ ވިޔަފާރި މިނިސްޓަރު ޕިޔޫޝް ގޯޔަލް
އިންޑިއާގެ ވިޔަފާރި މިނިސްޓަރު ޕިޔޫޝް ގޯޔަލް
ރޮއިޓަރސް
އިންޑިއާ-އެމެރިކާ ގުޅުން
އެމެރިކާ އާ އެކު ކުރަމުން އަންނަ މަޝްވަރާތައް ކާމިޔާބު ކަމަށް އިންޑިއާ އިން ބުނެފި
އިންޑިއާގެ ވިޔަފާރި މިނިސްޓަރު ވިދާޅުވީ، އެމެރިކާއާ ދެމެދު ވިޔަފާރީގެ ގުޅުން ވަރު ގަދަ ކުރުމަށް އިންޑިއާ އިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ދެ ޤައުމުގެ އިޤްތިސާދީ ގުޅުން އިތުރަށް ފުޅާ ކުރުމަށް އެ މަޝްވަރާ ތަކުން މަގު ފަހި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުން އަންނަ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، އެ މަޝްވަރާތައް ކާމިޔާބު ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ ވިޔަފާރި މިނިސްޓަރު ޕިޔޫޝް ގޯޔަލް ވިދާޅުވެފައިވާ ގޮތުގައި، އެ މަޝްވަރާތައް ކުރިއަށް ގެންދަނީ އިންޑިއާގެ މުދަލުން ނަގާ ޓެރިފް ދެގުނަ ކުރުމަށް އެމެރިކާ އިން ނިންމި ނިންމުމާ ގުޅިގެން ކަމަށެވެ. އިންޑިއާ އާ ދެކޮޅަށް އެމެރިކާ އިން މި ފިޔަވަޅު އަޅާފައި ވަނީ، އެ ޤައުމުން ރަޝިޔާގެ ތެޔޮ ގަންނާތީ އެވެ.

މީގެ އިތުރުން އިންޑިއާގެ ވިޔަފާރި މިނިސްޓަރު ވިދާޅުވީ، އެމެރިކާއާ ދެމެދު ވިޔަފާރީގެ ގުޅުން ވަރު ގަދަ ކުރުމަށް އިންޑިއާ އިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ދެ ޤައުމުގެ އިޤްތިސާދީ ގުޅުން އިތުރަށް ފުޅާ ކުރުމަށް އެ މަޝްވަރާ ތަކުން މަގު ފަހި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަންނާތީ އެމެރިކާ އިން ވަނީ އެކަމާ ނުރުހުންވެފަ އެވެ. އަދި އިންޑިއާ އިން ރަޝިޔާގެ ތެލަށް ބަރޯސާ ވުމަކީ އެމެރިކާ އިން ކަންބޮޑުވާ ކަމަކަށް ވީ ނަމަވެސް، އިންޑިއާގެ އިޤްތިސާދީ މަސްލަހަތު ތަކަށް އިސްކަން ދޭން ޖެހޭނެ ކަމަށް އިންޑިއާގެ ސަރުކާރުން ދެކެ އެވެ.

އެކަން ފާހަގަ ކުރައްވައި އިންޑިއާގެ ވިޔަފާރި މިނިސްޓަރު ވިދާޅުވީ، އެކަން އެހެން އޮތް ނަމަވެސް އެމެރިކާއާ އެކު އޮންނަ ގުޅުން ވެސް އިންޑިއާ އަށް މުހިންމު ކަމަށެވެ. އެހެން ކަމުން އިންޑިއާގެ އުންމީދަކީ މިހާރު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކުން އަލި މަގެއް ފެނުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާ ތަކުން ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރެވުމާ އެކު، ވިޔަފާރީގެ ދާއިރާ އިން ދެ ޤައުމަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް ވާސިލު ވެވޭނެ ކަމަށް އިންޑިއާ ސަރުކާރުން ޤަބޫލު ކުރާ ކަމަށެވެ.

އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވާއިރު، މިއީ އެމެރިކާ އިން އެހެން ޤައުމެއްގެ މުދަލުން ނަގާ އެންމެ ބޮޑު ޓެރިފް އެވެ. އެކަމާ ގުޅިގެން އެމެރިކާ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.

އެމެރިކާ އިން އިންޑިއާ އާ ދެކޮޅަށް ފިޔަވަޅު އެޅި ނަމަވެސް، އިންޑިއާ އިން ވަނީ ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރާނެ ކަމަށް ހާމަކޮށްފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ، ރަޝިޔާ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

މަސްދަރު: ރޮއިޓާރސް
- ކޮމެންޓް