Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2025 | އަންގާރަ 14:57
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން އެލަސްކާގައި ބައްދަލު ކުރައްވަނީ
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން އެލަސްކާގައި ބައްދަލު ކުރައްވަނީ
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅު އެޅުމަށް ވެސް ޓްރަމްޕް ހުންނެވީ ތައްޔާރަށް
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ދެ ވަނަ ފިޔަވައްސަކަށް ދާން ވެސް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، ރަޝިޔާއާ ދެކޮޅަށް އިތުރަށް އަޅާނީ ކޮން ފިޔަވަޅު ތަކެއް ކަމެއް ޓްރަމްޕް ހާމަ ކުރައްވާފައި ނުވެ އެވެ.

ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، މިއީ ރަޝިޔާ އަށާއި، އެ ޤައުމުގެ ތެލުގެ ވިޔަފާރީގެ ބައިވެރިންނަށް އިތުރު ފިޔަވަޅުތައް އެޅިދާނެ ކަމުގެ އެންމެ ވަރުގަދަ އިންޒާރު ކަމުގައި ބެލެވޭ ކަމަށް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ދެ ވަނަ ފިޔަވައްސަކަށް ދާން ވެސް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، ރަޝިޔާއާ ދެކޮޅަށް އިތުރަށް އަޅާނީ ކޮން ފިޔަވަޅު ތަކެއް ކަމެއް ޓްރަމްޕް ހާމަ ކުރައްވާފައި ނުވެ އެވެ.

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ، ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. ނަމަވެސް، ސުލްޙަވެރިކަން ހޯދުމަށް ކުރަމުން އަންނަ މަޝްވަރާތަކާއި، މަޝްވަރާތަކުން ގޮތެއް ހޯދުމަށް އިސްކަން ދެއްވާތީ، ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅު އެޅުން ޓްރަމްޕް ވަނީ އޭރު ފަސް ކުރައްވައިފަ އެވެ.

ޓްރަމްޕްގެ އިތުރުން، އެކަމާ ގުޅިގެން އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެފައި ވަނީ، އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރަޝިޔާގެ ތެޔޮ ގަންނަ ޤައުމު ތަކަށް "ސެކަންޑަރީ ޓެރިފްސް" އެޅިދާނެ ކަމަށެވެ. މިގޮތަށް ފިޔަވަޅު އެޅުމުން، ރަޝިޔާގެ އިޤްތިޞާދު ފުނޑު ފުނޑުވެ، މަޝްވަރާގެ މޭޒަށް އައުމަށް އެ ޤައުމަށް މަޖުބޫރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ރަޝިޔާގެ ހަކަތައިގެ އެންމެ ބޮޑު އެއް ބައިވެރިއަކީ އިންޑިއާ އެވެ. ހަނގުރާމަ ފެށުމާ ގުޅިގެން ހުޅަނގުގެ ޤައުމު ތަކުން ވަނީ ރަޝިޔާގެ ތެޔޮ ގަތުން ވަރަށް ބޮޑަށް މަދު ކޮށްފަ އެވެ. ނަމަވެސް، ޗައިނާ އާއި އިންޑިއާ އިން އަންނަނީ ރަޝިޔާ އާއެކު ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަމުންނެވެ.

ރަޝިޔާއާ ދެކޮޅަށް މިހާތަނަށް އަޅާފައިވާ ފިޔަވަޅު ތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ ފިޔަވަޅު ތަކުގެ ސަބަބުން މިހާތަނަށް ރަޝިޔާ އަށް ސަތޭކަ ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ، ދެ ވަނަ ފިޔަވަހި އަދި ތިން ވަނަ ފިޔަވަހީގެ ފިޔަވަޅުތައް ނާޅާއިރު، ވެފައިވާ ގެއްލުން ކަމަށެވެ.

ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމަ ނިންމުމަށް ޓްރަމްޕް ގެންދަވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ. ނަމަވެސް، ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރު ފެށިގެން ހަތް މަސް ދުވަސް ވެގެން ދިޔައިރު ވެސް، މިހާތަނަށް އެކަމުގައި ޓްރަމްޕް އަށް ކާމިޔާބު ހޯދިފައި ނުވެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް