Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2025 | އަންގާރަ 12:51
ފައްޔާޒް އިސްމާއިލް
ފައްޔާޒް އިސްމާއިލް
އެމްޑީޕީ ސެކްރިޓޭރިއެޓް
ފައްޔާޒް އިސްމާއިލް
ފައްޔާޒް ގެ ރައްދު ފަލާހަށް؛ ފަލާހުވެސް އޫ ހިފައިގެން ވަޑައިގަންނަވާ!
ފަލާހު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ މައްސަލަތަކެއް އަވަހަށް ބަލަން ފަށާނެކަމަށް ވިދާޅުވި
ސަރުކާރުން ދަނީ މީޑިއާގެ އަޑު ކަނޑުވާލުމަށް ޤާނޫނެއް ފާސްކުރުމަށް މަސައްކަތް ކުރަމުން

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަށް ރަށްދު ދެއްވައިފި އެވެ.

ފަލާހު އަށް ރައްދު ދެއްވާފައިވަނީ އިދިކޮޅު މައި ޕާޓީ އެމްޑިޕީގެ ރައީސް އަބްދުﷲ ޝާހިދުގެ މައްސަލަތަކެއް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް ބުނެ އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ފަލާހުގެ ޕޯސްޓަށް ރައްދު ދެއްވާ ފައްޔާޒް ވިދާޅުވީ ފަލާހުވެސް އޫ ހިފައިގެން ވަޑާއިގަތުމަށެވެ.

ފައްޔާޒް އެފަދައިން ވިދާޅުވެފައިވާއިރު، ދާދި ފަހުން މީޑިއާތައް ކޮންޓްރޯލް ކުރާ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ނޫސްވެރިން އުލުބައިންދަން ވަނީ ގޮވާލާފައިއެވެ. މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް ފަތުރާފައިވާ ކަމަށާއި، އެފަދައިން މަސައްކަތްކުރާ މީޑިއާގެ މުވައްޒަފުން "އުލުބައިންދަން" ޖެހޭ ކަމަށެވެ.

ފަލާހު މި ވާހަކަ ދެއްކެވި ނަމަވެސް، އޭނާ ވިދާޅުވި ފަދަ ދޮގު ހަބަރުތަކެއް އެއްވެސް މީޑިއާއަކުން ގެނެސްފައެއްނުވެއެވެ، އެ ވާހަކަތައް ދައުރުވެފައިވަނީ ހަމައެކަނި ސޯޝަލް މީޑިއާގައި ކަން ފާހަގަކުރެވެ އެވެ.

"ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އެމްޑީޕީން އޮކްޓޫބަރު 3 ގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމެވުމުން އެކަމާއި ގުޅޭ ޕޯސްޓެއް އެމްޑީޕިގެ ރައީސް އަބްދުﷲ ޝަހިދު އެކްސް ގައި ހިއްސާކުރުމުން ފަލާހު ވިދާޅުވީ ޝާހދިުގެ މައްސަލަތަކެއް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށެވެ. ފަލާހު އެފަދައިން ވިދާޅުވިއިރު، އެ ބުނާ މައްސަލަތައް މި ވެއެތުވެދިޔަ ތަނުގައި ނުބެލީ ކީއްވެ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްސަލަތައް ބަލަން ފަށަން އުޅުމުގެ އިތުރުން ސަރުކާރުން ދަނީ ގާނޫނެއް ފާސްކޮށް މީޑިއާގެ އަޑު ކަނޑުވާލުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުން ބުނަނީ މީޑިއާގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަނީ ސަރުކާރުގެ ވެރިން ކުރާ ވައްކަންތައް ފޮރުވަން ކަމަށެވެ.

ޕީއެންސީ ޕީޖީ ލީޑަރު ފަލާހު މިފަހަކަށް އައިސް ފާހަގަ ވަނީ ޕީއެންސީގެ ނުވަތަ މިސަރުކާރުގެ ކަންކަމާއި ދެކޮޅުވާ އިދިކޮޅު ފަރާތްތަކަށް އިންޒާރު ދޭ ބޭފުޅެއްގެ ގޮތުގަ އެވެ.

- ކޮމެންޓް