Advertisement
ކ. މާލެ
|
23 އޯގަސްޓް 2025 | ހޮނިހިރު 12:50
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން- ފައިލް ފޮޓޯ
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން- ފައިލް ފޮޓޯ
އިމިގްރޭޝަން
މުދަލަށް ގެއްލުން ދިނުން
އިމިގްރޭޝަނަށް ފިލައިގެން ދިރިއުޅޭތާ 6 އަހަރުވެފައިވާ ބިދޭސީ އެއް މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދަށް 15 ދުވަސް
އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ 45 އަހަރުގެ އެމްޑީ ސަރާޖް މިއާ ނަމަކަށް ކިޔާ ފިރިހެނެއް
ވަކީލަކު ބޭނުންނުވާ ކަމަށާއި، ފޯނު ހަލާކުކޮށްލި ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައި ބުނެފައިވޭ
ރާއްޖެއަށް އޭނާ ގެނައި މީހާ، އޭނާގެ މީހާގެ ޕާސްޕޯޓު ހިފަހައްޓައި، ވަޒީފާ ހަމަޖައްސައިނުދޭ ކަމަށް ބުނެފައިވޭ

ދިވެހިރާއްޖޭގައި އިމިގްރޭޝަނަށް ފިލައިގެން ދިރިއުޅޭތާ 6 އަހަރުވެފައިވާ ބިދޭސީއެއް މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ 45 އަހަރުގެ އެމްޑީ ސަރާޖް މިއާ ނަމަކަށް ކިޔާ ފިރިހެނެކެވެ.

ހުކުރު ދުވަހު އޭނާގެ ބަންދަށް 15 ދުވަސް ޖަހައި، ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތަހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުކޮށްފައިވާއިރު، ވަކީލަކު ބޭނުންނުވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ. އޭނާ އެ ފޯނު ހަލާކުކޮށްލި ކަމަށް އެއްބަސްވި ކަމަށާއި، އެކަން ކުރީ އެފަރާތަކީ އޭނާ ރާއްޖެއަށް ގެނައި ފަރާތަށްވެފައި ވަޒީފާ އެއްވެސް ހަމަޖައްސައިނުދީ ޕޯސްޕޯޓު ވެސް އަތުލައިގެން އުޅޭތީ ކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާއަކީ، 2019 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަނަށް ފިލައިގެން އުޅޭ ބިދޭސީއެއްކަން އައިއޯ ފާހަގަކުރި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑެވެ. ބައެއް ބިދޭސީން އެކި ކުށްތަކަށް އަރައިގަންނަމުންދާއިރު، ބައެއް ބިދޭސީން ބޮޑެތި މާރާމާރީތަކުގައި ވެސް ބައިވެރިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ބުނެފައިވެ އެވެ.

- ކޮމެންޓް