Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2025 | ހުކުރު 19:05
މީހަކު ބާޒާރުމަތީގައި - ދެކުނު އޭޝިއާ ސަރަހައްދުތަކުގެ ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑީ ރާއްޖޭގައި
މީހަކު ބާޒާރުމަތީގައި - ދެކުނު އޭޝިއާ ސަރަހައްދުތަކުގެ ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑީ ރާއްޖޭގައި
ރާއްޖެއެމްވީ
ދިރިއުޅުމުގެ ހަރަދު
މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ
ކުލި ނުހިމަނައި ގާތްގަނޑަކަށް 13،000 ރުފިޔާ ހަރަދުކުރަންޖެހޭ އިރު ސިވިލް ސަރވިސް މުވައްޒަފެއްގެ މިނިމަމްވޭޖަކީ 7000 ރުފިޔާ

ސައުތު އޭޝިއާ ގައުމުތަކުގެ ތެރެއިން ކުލި ނުހިމަނައި ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ދިވެހިރާއްޖެކަމަށް ދައްކައިފިއެވެ.

ބަންގުލަދޭޝްގެ ނޫހެއްކަމަށްވާ "ފިންޓެކް ނިއުސް" އިން އެއްކުރި މި މައުލޫމާތަކީ އޮކްޓޫބަރު މަހާ ހަމައަށް އެއްކޮށްފައިވާ މައުލޫމާތެވެ. އެގޮތުން ގެދޮރަށް ނުވަތަ އުޅޭ ފުލެޓަށް ދައްކަންޖެހޭ ކުލި ނުހިމަނާ މި އަދަދުތައް ހާމަކޮށްފައިވާ އިރު އެންމެ ކުރީގައި އެންމެ ޚަރަދު ބޮޑު ގައުމެއްގެ ގޮތުގައި އޮތީ ރާއްޖެއެވެ. ދެން ލަންކާ އަދި ބޫޓާނެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅުމުގެ ހަރަދުތައް މަހެއްގެ މައްޗަށް ހުރިގޮތް (ބޮލަކަށް)

  1. ދިވެހިރާއްޖެ - 840.4 ޑޮލަރު
  2. ސްރީ ލަންކާ - 507.6 ޑޮލަރު
  3. ބޫޓާން - 387.2 ޑޮލަރު
  4. އަފްގާނިސްތާން - 381.8 ޑޮލަރު
  5. ބަންގުލަދޭޝް - 348.9 ޑޮލަރު
  6. ޕާކިސްތާން - 340.4 ޑޮލަރު
  7. ނޭޕާލް - 335.6 ޑޮލަރު
  8. އިންޑިއާ - 313.4 ޑޮލަރު

މި އަދަދުތައް ދައްކާގޮތުން ކުލި ނުހިމަނައި ބޮލަކަށް މަހެއްގެ މައްޗަށް ދިރިއުޅުމުގެ ހަރަދުގެ ގޮތުގައި ރާއްޖޭގައި ހޭދަން ކުރަން ޖެހިފައި ވަނީ 12،952.8 ރުފިޔާއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅުމުގެ ހަރަދުތައް ހުރި ގޮތް

ނަމަވެސް މި އަދަދުތަކަށް ބަލާއިރު މިއީ އާންމު ގޮތެއްގައި ސިވިލް ސަރވިސްގެ އެންމެ މަތީ ފަންތި ނުހިމަނާ މުވައްޒަފަކަށް އެންމެ ގިނައިން ލިބޭ އަދަދެވެ. ގާތްގަނޑަކަށް 13،000 ރުފިޔާ މަހެއްގެ މައްޗަށް އާންމު މީހަކު ހޭދަކުރަންޖެހޭ އިރު މިނިމަމްވޭޖުގެ ގޮތުގައި ސިވިލް ސަރވިސް މުވައްޒަފުންނާއި މެދު ފަންތީގެ ވިޔަފާރިތަކުން ދެނީ 7000 ރުފިޔާއެވެ. ކުދި ވިޔަފާރިތަކުގެ މިނިމަމްވޭޖަކީ 4500 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކުގެ މިނިމަމްވޭޖަކީ 8000 ރުފިޔާއެވެ.

- ކޮމެންޓް