ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 13:17
ޝަރީއަތުގެ މަޖިލީހެއްގެ ފަނޑިޔާރު ކެޕްރިއޯ
ޝަރީއަތުގެ މަޖިލީހެއްގެ ފަނޑިޔާރު ކެޕްރިއޯ
ރޮއިޓަރސް
އެމެރިކާ
އެންމެ ހިތްހެޔޮ ފަނޑިޔާރުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަނޑިޔާރު ކެޕްރިއޯ ނިޔާވެއްޖެ
ގިނަ ބައެއްގެ އިޙުތިރާމް އާއި ލޯބި ހޯދާފައިވާ ކެޕްރިއޯ ނިޔާވެފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ނިޔާވިއިރު ކެޕްރިއޯގެ އުމުރުން 88 އަހަރެވެ. ކެޕްރިއޯ ނިޔާވެފައި ވަނީ ޕެންކްރިއެޓިކް ކެންސަރާ ހަނގުރާމަ ކުރަމުން ގެންދަނިކޮށެވެ.

ދުނިޔޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ، އަދި ދުނިޔޭގެ އެންމެ ހިތް ހެޔޮ ފަނޑިޔާރުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަނޑިޔާރު، ފްރޭންކް ކެޕްރިއޯ ނިޔާވެއްޖެ އެވެ.

ގިނަ ބައެއްގެ އިޙުތިރާމް އާއި ލޯބި ހޯދާފައިވާ ކެޕްރިއޯ ނިޔާވެފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ނިޔާވިއިރު ކެޕްރިއޯގެ އުމުރުން 88 އަހަރެވެ. ކެޕްރިއޯ ނިޔާވެފައި ވަނީ ޕެންކްރިއެޓިކް ކެންސަރާ ހަނގުރާމަ ކުރަމުން ގެންދަނިކޮށެވެ.

ކެޕްރިއޯގެ އާއިލާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އޭނާގެ ހަނދާން އަބަދަށް ހުންނާނެ ކަމަށެވެ. އަދި ކެޕްރިއޯގެ ހަނދާން އައު ކުރާނީ ހަމައެކަނި އިޙުތިރާމް އާއި ލޯބި ލިބިފައިވާ ފަނޑިޔާރެއްގެ ގޮތުގައި އެކަނި ނޫން ކަމަށާއި، އޭނާ އަކީ ލޯބިވާ ބައްޕައެއް، ލޯބިވާ ފިރިއެއް، ލޯބިވާ ކާފައެއް، ލޯބިވާ މުނިކާފައެއް އަދި ލޯބިވާ ރަޙުމަތްތެރިއެއް ކަމަށެވެ.

ކެޕްރިއޯ މަޝްހޫރުވެގެން ގޮސްފައި ވަނީ ކޯޓު އިން ޕްރޮވިޑެންސް ޝޯ ގައި އޭނާގެ ފަރާތުން ފެންނަ ހިތްހެޔޮކަމާއި، އޯގާތެރިކަމާއި، އަދި އެހެން މީހުންނާ މެދު ގެންގުޅޭ މިޒާޖުގެ ގޮތުންނެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ކެޕްރިއޯގެ މަޤުބޫލުކަން އިތުރުވެ، އޭނާ އަށް އިޙުތިރާމް ކުރާ ގިނަ ބަޔަކު ތިބެ އެވެ.

އެކަމާ ގުޅިގެން ކެޕްރިއޯގެ ދަރިކަލުން ޑޭވިޑް ވިދާޅުވެފައި ވަނީ، ކެޕްރިއޯ އަށް ޕެންކްރިއެޓިކް ކެންސަރު ޖެހިފައިވާކަން ދެނެގަނެވުނީ 2023 ވަނަ އަހަރު ކަމަށެވެ. އަދި އޭގެ ފަހުން އެ ބައްޔަށް ފަރުވާ ހޯދަމުން އައި ކަމަށް ވަނީ ބުނެފަ އެވެ.

1985 ވަނަ އަހަރުން ފެށިގެން، 2023 ވަނަ އަހަރަށް ރޯޑް އައިލެންޑުގެ ޕްރޮވިޑެންސްގެ މުނިސިޕަލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކެޕްރިއޯ މަޝްހޫރުވެފައި ވަނީ، ޓްރެފިކް އަދި ޕާކިން މައްސަލަ ތަކުގައި ކުށްވެރިންގެ ވާހަކަތަކަށް ކެތްތެރިކަމާ އެކު އަޑު އައްސަވާ ފަނޑިޔާރެއްގެ ގޮތުގަ އެވެ.

2018 ވަނަ އަހަރުން 2020 ވަނަ އަހަރަށް ފޮނުވި ކޯޓު އިން ޕްރޮވިޑެންސްގެ ޝޯގައި ފަނޑިޔާރު ކެޕްރިއޯ އަޑު އެހުންތަކުގައި ވާހަކަ ދައްކަވާ ގޮތާއި، އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށް، އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފައިވެ އެވެ.

އުމުރުން 88 އަހަރުގައި ކެޕްރިއޯ ނިޔާވުމުގެ ކުރިން އޭނާ ވަނީ، ""ކޮމްޕެޝަން އިން ދަ ކޯޓް: ލައިފް-ޗޭންޖިން ސްޓޯރީސް ފްރޮމް އެމެރިކާސް ނައިސެސްޓް ޖަޖް" ގެ ނަމުގައި ފޮތެއް ޝާއިޢު ކުރައްވާފައި އެވެ.

- ކޮމެންޓް