Advertisement
ކ. މާލެ
|
15 އޯގަސްޓް 2025 | ހުކުރު 12:36
އިންޑިއާގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެ އަށް ވަޑައިގަތުމުން ރައީސް މުއިއްޒު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޮޑު ވަޒީރު މޯދީ އަށް މަރުހަބާ ދަންނަވަނީ - 25 ޖުލައި 2025
އިންޑިއާގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެ އަށް ވަޑައިގަތުމުން ރައީސް މުއިއްޒު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޮޑު ވަޒީރު މޯދީ އަށް މަރުހަބާ ދަންނަވަނީ - 25 ޖުލައި 2025
ރައީސް އޮފީސް
ރާއްޖެ-އިންޑިއާ ގުޅުން
އިންޑިއާއަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ "އިންޑިއާ އައުޓް" ކެމްޕެއިން ހިންގެވި ރައީސް މުއިއްޒު ވިދާޅުވަނީ އިންޑިއާއަކީ ތަރައްގީގައި އަބަދުވެސް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށް
ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ މަޝްރޫއުތަކުން ދެ ގައުމުގެ ގުޅުން ރަމްޒު ކޮށްދޭ
ދެ ގައުމުގެ މެދުގައި ކުރެވޭ މުއާމަލާތްތައް އިތުރުވެފައިވާތީ އެކަމާ އުފާ ކުރައްވާ
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އިންޑިއާ އައުޓް ކެންޕޭންއާއެކު

އިންޑިއާއަކީ ތަރައްގީގައި އަބަދުވެސް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން، ހުކުރު ދުވަހު ރައީސް މުއިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓުގައި އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އިންޑިއާގެ ރަހުމަތްތެރި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދުވަހުގެ އެކި ހަރަކާތްތަކުން އެ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއަކީ އަބަދު ވެސް ތަރައްގީގައި ރާއްޖެއަށް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ މަޝްރޫއުތަކުން ދެ ގައުމުގެ ގުޅުން ރަމްޒު ކޮށްދޭ ކަމަށާއި، ދެ ގައުމުގެ މެދުގައި ކުރެވޭ މުއާމަލާތްތައް އިތުރުވެފައިވާތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އިންޑިއާ އައުޓް ކެންޕޭންއާއެކު އެވެ. އަދި ވެރިކަމަށް ވަޑައިގަންނަވާ ވަރަށް ބޮޑަށް އިންޑިއާއަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ. އިންޑިއާ ދެކޮޅަށް ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ޒަމާނުއްސުރެ އިންޑިއާއެކު އޮތް ގުޅުން ހީނަރުވެ، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ. އަދި ދިވެހިންނަށް އިންޑިއާއިން ބޭސްފަރުވާ ލިބުމުގައި ދަތިތައް ކުރިމަތިވުން ފަދަ މައްސަލަތައް ފެންމަތިވެގެން ދިޔައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ރާއްޖޭގެ އިގްތިސާދު މެނޭޖު ނުކުރެވި ދިމާވި މާލީ ދަތިތަކާހެދި އަދި ބޭރުގެ އެއްވެސް ގައުމަކުން އެހީތެރިކަން ނުލިބުމުގެ ނަތީޖާއެއް ގޮތުން އިންޑިއާ އޮތް ގުޅުން ރަނގަޅު ކުރުމަށް ސަރުކާރަށް މަޖުބޫރުވެ އިންޑިއާގެ އެހީތެރިކަން ރައީސް މުއިއްޒު ހޯއްދެވިއެވެ.

އެންމެފަހު ރާއްޖޭގެ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނަކަށް ބޮޑުވަޒީރު މޯދީ ރާއްޖެ ގެންނެވިއެވެ.

- ކޮމެންޓް