Advertisement
ކ. މާލެ
|
11 އޯގަސްޓް 2025 | ހޯމަ 12:52
ކުޑަރަށް ރިސޯޓު ވޯޓާ ވިލާގައި ރޯވެފައި
ކުޑަރަށް ރިސޯޓު ވޯޓާ ވިލާގައި ރޯވެފައި
ރާއްޖެއެމްވީ
ކުޑަރަށް ރިސޯޓް
ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހާދިސާގައި ޖެހިޖެހިގެން ހުރި ދެތިން ވޯޓާ ވިލާއެއްގައި ވަނީ ރޯވެފަ
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މައުލޫމާތު ލިބުނީ ހެނދުނު 10:52 ހާއިރު

އދ. ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެއެވެ.

ހޯމަ ދުވަހު ހެނދުނު ހިނގި މި ހާދިސާގައި ވޯޓާ ވިލާއެއް ވަރަށް ބޮޑަށް ވަނީ އަނދައިފައެވެ. ރާއްޖެ އެމްވީ އަށް ލިބިފައިވާ ފޮޓޯއިން ފެންނަ ގޮތުގައި މި ހާދިސާގައި ޖެހިޖެހިގެން ހުރި ދެތިން ވޯޓާ ވިލާއެއްގައި ވަނީ ރޯވެފައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ހޯމަ ދުވަހު ހެނދުނު 10:52 ހާއިރު ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް 11:05 ހާއިރު ފުރައިގެން ދަނީ ދަތުރުކުރަމުންނެވެ. އަދި މި ވަގުތު ކުޑަރަށް ރިސޯޓުގެ ފަޔަރ ޓީމެއް ދަނީ އެ ރިސޯޓުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ސޯޝަލްމީޑިއާގައި އަންނަނީ ހާދިސާގެ ވީޑިއޯއެއް ދައުރުވަމުންނެވެ. އެގޮތުން، އަލިފާން ރޯވެ، ވަރަށް ބޮޑަށް ކަޅުދުން އަރާ މަންޒަރު ފެނެއެވެ.

- ކޮމެންޓް