Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 10:44
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް ކައިރީގައި ކޯސްޓް ގާޑު
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް ކައިރީގައި ކޯސްޓް ގާޑު
ޕޮލިސް
ކަނޑުމަތީ ހާދިސާ
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި ތިން ވަނަ މީހާގެ ހަށިގަނޑު ވެސް ހޯދައިފި
ލޭންޑިންގ ކްރާފްޓްގައި ތިބި 7 މީހުންގެ ތެރެއިން 4 މީހުން ސަލާމަތް ކޮށްފައިވޭ
މި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވަނިކޮށް 16 އޮކްޓޫބަރު 2025 ގައި
ތިންވަނަ މީހާގެ ހަށިގަނޑު ހޯދާފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް

"އަލްމާކް ފިޔަ" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި ތިން ވަނަ މީހާގެ ހަށިގަނޑު ވެސް ހޯދައިފިއެވެ.

މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ހަތް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވަނިކޮށް، 16 އޮކްޓޫބަރު 2025 ގައެވެ.

އާދިއްތަ ދުވަހު އެމްއެންޑީއެފުން ބުނީ، ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ފެނިފައިވާ ކަމަށެވެ.

އެއީ ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ.

މި ލޭންޑިން ކްރާފްޓްގައި ޖުމްލަ 7 މީހަކު ދަތުރުކުރިއިރު، ޖުމްލަ 3 މީހުން ގެއްލުނެވެ. 4 މީހުން ސަލާމަތް ކޮށްފައިވެއެވެ.

މިހާދިސާގައި މަރުވީ، ގއ. ދާންދޫ، ސަރުސޫނުގެ، އުމުރުން 38 އަހަރުގެ އަހުމަދު ޝިފާނުގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. މިދެ މީހުންގެ ހަށިގަނޑު ވެސް މިދިޔަ ބުރާސްފަތި ދުވަހު އެމްއެންޑީއެފުން ވަނީ ހޯދާފައެވެ.

- ކޮމެންޓް