Advertisement
ކ. މާލެ
|
10 އޯގަސްޓް 2025 | އާދީއްތަ 06:24
ރައީސް ޑރ. މުހައްމަދު މުއިއްޒު: ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކަކީ ރައީސް މުއިއްޒުގެ ލަފަޔާއި އިރުޝާދުގެ ދަށުން ހުށަހެޅި އިސްލާހުތަކެއް
ރައީސް ޑރ. މުހައްމަދު މުއިއްޒު: ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކަކީ ރައީސް މުއިއްޒުގެ ލަފަޔާއި އިރުޝާދުގެ ދަށުން ހުށަހެޅި އިސްލާހުތަކެއް
ރައީސް އޮފީސް
ލާމަރުކަޒީ ގާނޫން
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ދެކޮޅަށް 80 ކައުންސިލަކުން ބަޔާން ނެރެފި
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ރާއްޖޭގެ 80 ކައުންސިލަކުން ވަނީ ބަޔާން ނެރެފަ
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގަން އަދި މުވައްޒަފުން ނެގުމުގެ ބާރު މި އިސްލާހުގައި ވަނީ ހަނިކޮށްފަ
މި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ގެނެވޭ އިސްލާހުތަކެއް

ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރުތައް ހަނިކޮށް ލާމަރުކަޒީ ގާނޫނަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެނައި އިސްލާހާ ދެކޮޅަށް މިހާތަނަށް 80 ކައުންސިލަކުން ބަޔާން ނެރެފި އެވެ.

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގަން އަދި މުވައްޒަފުން ނަގަން ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސް ކުރީ މި މަހުގެ 6 ވަނަ ދުވަހެވެ.

ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮށްނަ މަޖިލީހުން އެ ބިލް ފާސްކުރި ނަމަވެސް އަދި މިހާތަނަށް ރައީސް މުއިއްޒު އެ ބިލު ތަސްދީގެއް ނުކުރައްވަ އެވެ. އެ ބިލު ތަސްދީގު ކުރަން ނުވަތަ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލަން ރައީސް މުއިއްޒަށް 15 ދުވަސް ލިބޭނެ އެވެ. އެ މުއްދަތުގައި ބިލު ތަސްދީގު ނުކުރައްވައިފި ނަމަ އޮޓަމެޓިކުން ބިލު ތަސްދީގުވާނެ އެވެ.

އެ ބިލާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ ބަޔާން ނެރުނު ކައުންސިލުތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ހިމެނެ އެވެ. ބިލާ ދެކޮޅަށް ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.

ލާމަރުކަޒީ މި ބިލުގައި ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް ކައުންސިލުތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ބޭނުން ވަނީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލަން ކަމަށެވެ. އަދި ކައުންސިލަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ރައްފުށުގެ ރައްޔިތުން ނިކަމެތި ކުރަން ކަމަށް ވެސް ކައުސިލް ތަކުން ބުނެފައި ވެއެވެ.

އަދި މި އިސްލާހުތަކަކީ ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ގޮތަކަށް ގެންނަ އިސްލާހުތަކެއް ކަމަށް ބަޔާންތަކުގައި ބުނެފައިވެ އެވެ.

މަޖިލީހުން ފާސް ކުރި ބިލުން ކައުންސިލުތަކަށް ކުރިމަތި ކުރުވާ ހުރަސްތަކުގެ ތެރޭގައި ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތަކާއި އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުމާއި ތަންތަން ކުއްޔަށް ދިނުމަށް ހުރަސްތައް ކުރިމަތި ކުރުވުން ހިމެނެ އެވެ.

އަދި މީގެ އިތުރުން އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުމާއި މާލީ ކަންކަމަށް ނުފޫޒު ފޯރުވުންފަދަ ކަންކަން މި ބިލުގައި ހިމެނެއެެވެ.

ގިނަ ކައުންސިލްތަކަކުން ރައީސް މުއިއްޒުގެ ލަފަޔާއި އެކު ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން މިނިސްޓަރ އޮފް ލޯކަލް ގަވަރންމަންޓް އެންޑް ސިޓީސް އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުކުރަން ކަމަށެވެ. އަދި މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް