ސަރުކާރުން ބޭނުން ވެގެން ކައުންސިލްތަކުގެ ބާރު ހަނިކުރާ އިސްލާހުގެ މަސައްސަލައިގައި އެމްޑީޕީއިން ތިބީ ކައުންސިލަރުންނާއެކު ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕާއި ގައުމީ މަޖިލިސް ކައުންސިލަރުންނާއެކު ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ތައްޔާރަށް ތިބި ކަމަށެވެ. ފައްޔާޒް ވިދާޅުވީ ކައުންސިލަރުން އިހުތިޖާޖުތަކާއި، ސީދާ ހަރަކާތަށް ނުކުތުމަށް ގޮވާލައްވާ ކަމަށެވެ.
އަޅުގަނޑުމެން އެކަމުގައި މަސައްކަތްތަކެއް ވެސް ކުރާނަން. އަދި އެއީ އެންމެ ކައުންސިލެއްކަމުގައި ވިޔަސް އެންމެ ރަނގަޅު. މިކަމާއި އަޅުގަނޑުމެންެ މިއަދު އިހުތިޖާޖު ނުކޮށްފިނަމަ އަޅުގަނޑުމެންގެ މުސްތަގުބަލެއް ނެތް. ރާއީ ވިދާޅުވި ދެވަނަ ދައުރެއް ރައީސް މުއިއްޒު ބޭނުންފުޅުވާ ވާހަކަ. ދެވަނަ ދައުރެއް ގަދަބާރުން ހޯދިދާނެ. ދައުރެއް އަދާކުރާނެ މިނިވަން ގައުމެއް އަޅުގަނޑަށް ހިއެއްނުވޭ އިސާހިތަކު އޮންނާނެހެން.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް![]()
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އަނެއްކާވެސް އަނބުރާ މިހާރަށްވުރެ ބޮޑަށް ރައްޔިތުން ބާރުވެރިކުރުވާ ދައުލަތެއް ހިންގަވާނެ ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގެ ކައުންސިލްތައް މެދުވެރިކޮށް ފުރިހަމަ ބާރު ކަންކަން ކުރުމުގައި މާލީ ބާރުދީގެން ލާމަރުކަޒީ ނިޒާމް ވަރުގަދަ ކުރައްވާނެ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މިހާރު ކުރައްވަންވީ ކަމަކީ ކައުންސިލްތަކުގެ ބާރުކަނޑުވާ އިސްލާހާއި ދެކޮޅަށް އިހްތިޖާޖުކޮށް ހުއްޓުވުމަށް ކުރެވެންހުރި މަސައްކަތްތައް ކުރެއްވުން ކަމަށެވެ.
ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވަނީ 51 މެންބަރުންގެ ވޯޓާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި، ކައުންސިލުތަކުގެ ބާރުތައް ކަނޑުވާލާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.
ގިނަ އަދަދެއްގެ ކައުންސިލްތަކުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ. މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ދިނީ 24 ގަޑިއިރަށް ވުރެ ކުރު މުއްދަތެކެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
އޭގެ އިތުރުން ދައުރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް އަމިއްލަ ބާރުގައި މުވައްޒަފުން ނެގުމާއި، ބިމާއި ފަޅުން ބައެއް ކުއްޔަށް ދިނުމާއި، ތަރައްގީގެ އައު މަޝްރޫއުތައް ހިންގުން ހުއްޓުމަކަށް އަންނާނެއެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
މި ބިލު ފާސްކުރުމާއެކު ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައިވާ ގޮތުން އެކަމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް އެ ބިލު ފާސްކުރުމާއެކު ދަތިތަކެއް ކުރިމަތިވާނެ އެވެ. އެ ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.