ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 12:32
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ ދެ ދޮރާށިން ނޭނގި ކޮންޓެއިނަރު ތަކާއި ޑޮލަރު ގެންދާއިރު، މިޔަރުގެ މަސްވެރިކަން މޮނިޓަރ ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ: މެންބަރު ޒިޔާދު
މިހާރު މިއޮތް ގޮތަށް މިޔަރު މަސްވެރިކަން ހުއްދަ ދިނުމަކީ ކުރަން ހެޔޮ ކަމެއް ނޫން
މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރި ކުރުމާ ގުޅޭ ގޮތުން އިލްމީ ދިރާސާ އެއް ހަދަން ޖެހޭ
ފަޅުތައް ހިއްކުމުގައި އުސޫލެއް އޮންނަން ޖެހޭ، މާލެ ސަރަހައްދުން ފަތުރުވެރިންނަށް މިހާރު ދައްކާނެ ފަޅެއް ނެތް

ދިވެހިރާއްޖޭގެ ދެ ދޮރާށިން ނޭނގި ކޮންޓެއިނަރު ތަކާއި، ލައްކަލައްކައިން ޑޮލަރު ގެންދާއިރު، މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށްފަހު މޮނިޓަރ ކުރާނެކަން ހާމަ ކުރި ނަމަވެސް އެކަން ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާ ގައި މެންބަރު ޒިޔާދު ވިދާޅުވީ، ރާއްޖޭގައި އޮތީ ދެ ދޮރާށި ކަމަށާއި، އެއީ ވައިގެ ދޮރާއްޓާއި ކަނޑުގެ ދޮރާށި ކަމަށެވެ. 24 ގަޑީއިރު މޮނީޓަރ ކުރި ނަމަވެސް މެންދުރުގެ ވަގުތު 40 ފޫޓުގެ ކޮންޓެއިނަރުތަކާއި، ވައިގެ ދޮރާށިން ލަންކަލައްކައިން ޑޮލަރު ގެންދަނީ ނޭނގި ކަމަށެވެ.

މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދީފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ރަނގަޅަށް މޮނިޓަރކޮށް ނުބެލެހެއްޓޭ ކަމަށްވާނަމަ މިއީ ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށެވެ. ވެސަލް ޓްރެކިންގ ޑިވައިސް އެއް ހަރު ކުރުމަށް ނިންމި ނަމަވެސް މިހާރު ވެސް މި ޓްރެކިން ޑިވައިސް އިން ރަނގަޅަށް މޮނިޓަރ ނުކުރެވޭކަން ބޮޑު ކަންނެލީގެ މަސްވެރިން ފާހަގަކުރަމުންދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން ފަޅުތައް ހިއްކާތީ އެކަމަށް ފާޑު ވިދާޅުވެ، މާލެ ސަރަހައްދުން ފަތުރުވެރިންނަށް މިހާރު ދައްކާނެ ފަޅެއްނެތްކަން މެންބަރު ޒިޔާދު ފާހަގަކުރެއްވި އެވެ. މެންބަރު ޒިޔާދު ވިދާޅުވީ ފަޅުތައް ހިއްކުމުގައި ވެސް އުސޫލެއް އޮންނަން ޖެހޭ ކަމަށާއި، ކޮންމެ ކަމެއްގައި މެދު މިންގަނޑެއް ގެންގުޅެން ޖެހޭ ކަމަށެވެ.

40 ފަރާތަކަށް ލައިސެންސް ދީގެން ކުރާއިރުގަ އަޅުގަނޑުމެން ބަލާލަން ޖެހޭ ހަމަ އަށް ރަނގަޅަށް އޮތް އިގްތިސާދެއްގެ ތެރެއަށް އެހެން އިގްތިސާދެއް ގެންނައިރު އެއަށް ފުށޫނާރާނެ ގޮތަކަށް އެކަން ކުރަން ޖެހޭނެ. އެހެންވީމަ އެސްއީޒެޑްގެ ބިލުގައި ވެސް އަޅުގަނޑުމެން އެގޮތަށް އެ ވާހަކަ ދެއްކީ. ރަނގަޅު ރަނގަޅު ވިޔަފާރި އެބަހުއްޓޭ ނޫނު އަތޮޅުގައި. ކީއް ކުރަންހޭ އެތަނަށް ދާންވީ. ހިނގާށޭ ހދ.އަށް އަލުން ފަށަން. އެވާހަކަ އަޅުގަނޑުމެން ދައްކަނީ. އަޅުގަނޑު އެސްއީޒެޑްއާ ދެކޮޅަކީ ނޫން. އެއީ އަޅުގަނޑު މިދައްކާ ވާހަކައަކީ. މިޔަރު މިގޮތަށް ބާނަން ހުއްދަ ދީގެން ސަރުކާރަށް މިކަން މޮނީޓަރ ކުރެވޭނެތޯ. އެއީ ސުވާލެއް އިއްޒަތްތެރި ރައީސް. ދިވެހި ހުރިހާ ރައްޔިތުން އެ ސުވާލު އެބަ ކުރޭ. މިކަން އަޅުގަނޑުމެންނަށް ވާނެހޭ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރި ކުރުމާ ގުޅޭ ގޮތުން އިލްމީ ދިރާސާ އެއް ހަދަން ޖެހޭ ކަމަށެވެ. ކަނޑުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފުމަށް މަސައްކަތް ކުރި ނަމަވެސް އަތުގައި އޮތް އެންމެ ބޮޑު އެއް އިގްތިސާދު ފަތުރުވެރި ކަމަށް ގެއްލުންވާނެ ގޮތަކަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

- ކޮމެންޓް