Advertisement
ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 19:32
ލާމަރުކަޒީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދަނީ
ލާމަރުކަޒީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދަނީ
މަޖިލިސް
ކައުންސިލުތަކުގެ ބާރުތައް ހަނިކުރުން
ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ހުށަހެޅި ބިލް: މަޝްވަރާ ކުރުމެއް ނެތި ކޮމިޓީ މަރުހަލާ ވެސް އަވަސް އަރުވާލަނީ
މި ބިލަށް އާއްމުންގެ ޚިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އާއި ހަމައަށް
މި ބިލުގެ ޒަރީއާ އިން ބިމާއި ފަޅު ކުއްޔަށް ނުދެވޭ ގޮތް ހަދަން ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައިވޭ

ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ ބިލުގެ ކޮމިޓީ މަރުހަލާ ވެސް އަވަސްކޮށްލާ, 1 ދުވަސް ތެރޭގައި ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ނިންމައިފިއެވެ.

މި ބިލުގެ މަސައްކަތް ކުރުމަށް، ހޯމަ ދުވަހު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުން ފަށަން ތައްޔާރުވި އިރު ވެސް ކޮމިޓީގެ ކޯރަމް ހަމަވެފަ އެއް ނުވެއެވެ. 16:00ގައި މަސައްކަތް ކުރުމަށް ބޭއްވި ކޮމިޓީ ބޭއްވީ އޭގެ ގަޑިއެއް ހާއިރު ފަހުން، ކޮމިޓީ އަށް ހާޒިރު ނުވާ ޕީއެންސީގެ މެމްބަރުން ވެސް ގެނެސްގެންނެވެ.

މި ބިލަށް އާއްމުންގެ ޚިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އާއި ހަމައަށެވެ. އަދި ބިލާއި މެދު މަޝްވަރާކުރުމަށް ކައުންސިލްތަކާއި، އެލްޖީއޭގެ އިތުުރުން ކަމާއި ގުޅުން ހުރި ވުޒާރާ އަކާއި ވެސް މަޝްވަރާކުރުމަށް ނިންމަވާފައެއް ނުވެއެވެ. މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމާފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ 10:00ގެ ކުރިން ބިލުގެ މަސައްކަތް ކޮމިޓީން ނިންމާ، މަޖިލީހުގެ ތަޅުމަށް ބުދަ ދުވަހު މި ބިލު ހުށަހެޅުމަށެވެ.

މި ބިލުގެ ޒަރީއާ އިން ބިމާއި ފަޅު ކުއްޔަށް ނުދެވޭ ގޮތް ހަދަން ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ގާނޫނު ނަންބަރު 7/2010 - ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ޕީއެންސީގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިންއެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވީ ހޯމަ ދުވަހުއެވެ. އަދި ބިލު ބަލައިގަނެ ކޮމިޓީ އަށް ފޮނުވީ ވެސް ހޯމަ ދުވަހުއެވެ.

- ކޮމެންޓް