ކ. މާލެ
|
1 އޯގަސްޓް 2025 | ހުކުރު 07:58
ސްރީލަންކާގެ ރައީސް ޑިސެނަޔަކަ - ސާފު ސިޔާސަތު ތަކެއް އޭނާގެ ވެރިކަމުގައި ގެންގުޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައި
ސްރީލަންކާގެ ރައީސް ޑިސެނަޔަކަ - ސާފު ސިޔާސަތު ތަކެއް އޭނާގެ ވެރިކަމުގައި ގެންގުޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައި
އޭޕީ
ސްރީލަންކާ
ސްރީ ލަންކާ ގައި ކުރީގެ ރައީސުންނާއި ކުރީގެ މެމްބަރުންގެ އިނާޔަތްތައް ކަނޑާލަނީ
ސްރީލަންކާގެ ކުރީގެ ރައީސުންނަށް ދޭ ބޯހިޔާވަހިކަމާއި ޕެންޝަން އަދި އެހެނިހެން ބޮޑެތި އިނާޔަތްތައް އުވާލުމަށް ބިލެއް ޑްރާފްޓް ކޮށް ގެޒެޓް ކޮށް މަޖިލީހަށް ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ފާސް ކޮށްފައެވެ.

ސްރީ ލަންކާ ގައި ރައީސްކަން ކޮށްފައިވާ ފަރާތްތަކަށާއި، މަޖިލިސް މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލަން ނިންމައިފިއެވެ.

1986 ވަނަ އަހަރުގެ ފާސްކޮށްފައިވާ ރައީސުންނަށް ދޭ އިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ކުރީގެ ރައީސުންނާއި، އެ ބޭފުޅުންގެ ޢާއިލާތަކަށް ތަފާތު އިނާޔަތްތައް އެ ގައުމުގައި އަންނަނީ ދެމުންނެވެ.

ސްރީލަންކާގެ މިހާރުގެ ސަރުކާރުން ނިންމާފައި ވަނީ ރައީސް ކަން ކޮށްފައިވާ ފަރާތްތަކުގެ އިތުރުން، މަޖިލިސް މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެވޭ ޚާއްޞަ އިނާޔަތްތައް އުނި ކުރުމަށެވެ.

ކުރީގެ ރައީސުން ނަށް ދޭ އިނާޔަތްތައް ހުއްޓާލުމަށް އަމާޒުކޮށްފައިވާ ބިލުގެ ޑްރާފްޓް މިހާރު ވަނީ ގެޒެޓް ކޮށްފައެވެ.

ފާއިތުވި ހަފްތާގައި، މި ބިލު ގެޒެޓްކޮށް މަޖިލީހަށް ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ހުއްދަ ދީފައެވެ.

މީގެ ކުރިން، ޖޫން މަހުގައި، 1977 ވަނަ އަހަރުގެ މަޖިލީހުގެ ޕެންޝަނާ ބެހޭ ޤާނޫނު އުވާލުމަށްޓަކައި ބިލެއް ޑްރާފްޓް ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ހުއްދަ ދީފައެވެ. މި އިޞްލާޙުގެ ސަބަބުން، ފަސް އަހަރުގެ އެއް ދައުރު އަދާ ކުރުމުން މަޖިލިސް މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް މުޅި އުމުރަށް ދެވޭ ޕެންޝަން އިނާޔަތައް ނިމުމަކަށް އަންނާނެއެވެ.

ކުރީގެ ރައީސުންނަށް، ބޯހިޔަވަހި ކަމާއި، ޕެންޝަނާއި، އެލަވަންސް އާއި ސެކްރެޓޭރިއަލް އެލަވަންސް، ދަތުރުފަތުރާއި އެހެނިހެން ވަސީލަތްތައް މިހާރު ލިބެއެވެ. އޭގެ އިތުރުން ކުރީގެ ރައީސުންގެ އަނބިކަނބަލުންނަށް ވެސް މަހުން މަހަށް އިނާޔަތްތައް ލިބެއެވެ.

- ކޮމެންޓް