Advertisement
ކ. މާލެ
|
27 އޯގަސްޓް 2025 | ބުދަ 00:27
ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނަޔަކެ (ވ).
ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނަޔަކެ (ވ).
ގެޓީއިމޭޖަސް
ސްރީ ލަންކާ
ކޮރަޕްޝަންގެ ކުށް ސާބިތުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ ކަމަށް ވިދާޅުވެ ލަންކާ ގެ ރައީސް އިންޒާރުދެއްވައިފި
ވަކިން ޚާއްޞަކޮށް ކޮރަޕްޝަނުގެ މައްސަލަތަކުގައި އެއްވެސް މީހަކު ގާނޫނަށްވުރެ މަތީގައި ނުހުންނާނެ ކަމަށް ލަންކާގެ ރައީސް ވަނީ ވިދާޅުވެފައި.

ހުރިހާ ރައްޔިތުންގެ މައްޗަށް ޤާނޫނު ހަމަހަމަކަމާއެކު ތަންފީޒު ކުރައްވާނޭ ކަމަށާއި، ކޮރަޕްޝަންގެ ކުށް ސާބިތުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ ކަމަށް ވިދާޅުވެ ސްރީ ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނަޔަކެ ހޯމަ ދުވަހު އަލުން އިންޒާރު ދެއްވައިފިއެވެ.

ވެރި ރަށް ކޮލޮމްބޯ ގައި ބޭއްވުނު ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އޭނާގެ ސަރުކާރުގައި އެއްވެސް މީހަކު ގާނޫނަށް ވުރެ މަތީގައި ނުހުންނާނެ ކަމުގައެވެ.

އޭގެ އިތުރުން އޭނާ ވަނީ، ކަރަޕްޝަން އާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރުމުން ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް އެހާ ގަދަޔަށް ރައްދު ދެނީ ކީއްވެތޯ ވެސް ސުވާލު ކުރައްވާފައެވެ.

ލަންކާ ރައީސް ގެ ވާހަކަފުޅުގައި އެ ގޮތައް ރައްދު ދެނީ އެމީހުންގެ ޟަމީރު އެމީހުންނަކީ ކުށްވެރިން ކަމަށް ބުނާތީ ތޯ ވެސް ވަނީ ސުވާލު އުފައްދަވާފައެވެ.

ސްރީ ލަންކާ ގެ ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު އެގައުމުގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ޚިޔާނާތުގެ ތުހުމަތުގައި ވަނީ ބަންދު ކޮށްފައެވެ. އަދި އެކަމާ ދެކޮޅަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ގެންދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

ކޮލޮމްބޯގައި ބޭއްވުނު ޙަފްލާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އައު ޤާނޫނެއް ފާސް ކުރުމަށްފަހު، ސެޕްޓެމްބަރު މަހުން ފެށިގެން، ކުރީގެ ރައީސުންނަށް ދައުލަތުން ދޫކޮށްފައިވާ ހުރިހާ ގެތަކެއް ސަރުކާރަށް އަނބުރާ ނެގޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ޖަވާބުދާރީވުން ހަރުދަނާކޮށް، އިންސާފު ޤާއިމުކުރުމަށް ކުރެވޭ ފުޅާ މަސައްކަތުގެ ބައެއް ކަމަށާއި، އޭނާގެ ވެރިކަމުގައި އެއްވެސް މީހަކު ޤާނޫނަށް ވުރެ މައްޗެއް ނުވާނެ ކަމަށެވެ.

މަސްދަރު: ސްރީ ލަންކާ މީޑިއާ
- ކޮމެންޓް