Advertisement
ކ. މާލެ
|
26 ޖުލައި 2025 | ހޮނިހިރު 17:38
ކުރީގެ އެންވައިރޮންމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ރާއްޖެޓީވީގައި ވާހަކަދައްކަވަނީ
ކުރީގެ އެންވައިރޮންމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ރާއްޖެޓީވީގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އައިމިނަތު ޝައުނާ
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ބަރޯސާ ނުވެވޭ "އިއްމެޗުއަރ" ބަޔަކަށް ވެއްޖެ : ޝައުނާ
މި ސަރުކާރަކީ ތާކުންތާކު ޖެހޭ ސިޔާސަތެއް ގެންގުޅޭ ބައެއް ނޫން ކަމަށް ވެސް ޝައުނާ ވިދާޅުވި
ޝައުނާ ވިދާޅުވީ ސަރުކާރުން ޚާރިޖީ ކަންކަމަށް ފާޑު ކިޔާ އިރު އަދި ޚާރިޖީ ނިންމުންތައް ނިންމާ އިރު ޒިންމާދާރު ކަމެއް ނެތް ކަަމަށް
ރާއްޖެ އަކީ ބައިނައަލްއަޤުވާމީ އުސޫލުތަކަށް ގޮންޖަހާ ބައެއްގެ ގޮތުގައި ސިފަ ވެގެން ގޮސްފައިވާ ކަމަށް ޝައުނާ ވިދާޅުވި

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ބަރޯސާ ނުވެވޭ، ތާކުންތާކު ނުޖެހޭ ބަޔަކަށް ވެފައިވާ ކަމަށް ކުރީގެ އެންވައިރޮންމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ މިނިވަން ދުވަހުގެ ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަރުކާރަކީ ތާކުންތާކު ޖެހޭ ސިޔާސަތެއް ގެންގުޅޭ ބައެއް ނޫން ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. މިނިވަންކަން ރާއްޖެ އަށް ލިބުނީއްސުރެ މިހާ ހިސާބަށް ދިވެހިންނަކީ ޤައުމުތަކާއި އެކު ވަަރަށް ހަމަހަމަ ސާދާ ގުޅުމެއް ބޭއްވި ބައެއް ކަމަށް ޝައުނާ ވިދާޅުވިއެވެ. ރާއްޖެ އަކީ ހުރިހާ ޤައުމަކުން ވެސް އިޚުތިރާމް ކުރާ ޤައުމެއް ކަމަށް ވެސް ޝައުނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ވަކި ކުރި ނަމަވެސް އެ ބޭފުޅުން ދެއްކެވި ވާހަކައިން ވެއްޓުނީ ޤައުމުގެ އަގު ކަމަށް ޝައުނާ ވިދާޅުވިއެވެ. އެފަދަ ވާހަކަތައް ދައްކާ އިރު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުންނާއި ސަރުކާރަށް އަންނަން މަސައްކަތް ކުރާ އިރު މިގޮތުން މީހުން ދައްކާ ވާހަކަ އަކީ ޤައުމުގެ ޚާރިޖީ ގުޅުމަށް އަސަރު ކުރާނެ ވާހަކަތައްކަން ޤަބޫލުކުރަން ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަކި ޤައުމަކަށް ބަސް ބުނެ. ވަކި ޤައުމެއްގެ ވެރިންނަށް ބަދު ބަސް ބުނެ. އެކަމުގެ ސަބަބުން ވެއްޓުނީ ދިވެހިންގެ އަގު. އެއް ޤައުމަކާއި މެދު އެގޮތަށް ވާހަކަ ދެއްކުނީމަ އިތުބާރަށް ނުރަނގަޅު އަސަރެއް ކުރޭ. އަދި ތަންދޮރު ނުދަންނަ ބައެއްގެ ގޮތުގައި ސިފަ ކުރެވޭ ގޮތަށް ސަރުކާރުން އަމަލު ކުރީ.

ކުރީގެ އިންވައިރޮމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ

މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލު ކުރީ "ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް" ކަމަށް ބުނެ ދެއްކި ވާހަކަތަކުން ވެސް ވެއްޓުނީ ދިވެހިންގެ އަގު ކަމަށް ޝައުނާ ވިދާޅުވިއެވެ.

މޮރިޝަސް ކަނޑުގެ އިން ބެހުމުގެ މައްސަލައިގާ ދިވެހި ރާއްޖެއިން ވަކާލާތު ކުރި ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިމުނުކަން ލިޔެކިޔުމުން އިނގެން އޮތް ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމަށްޓަކާ އެ ވާހަކަތައް ޓްވިސްޓް ކުރި ކަމަށް ޝައުނާ ވިދާޅުވިއެވެ. އެކަމުގެ ސަަބަބުން ރާއްޖެ އަކީ ބައިނައަލްއަޤުވާމީ އުސޫލުތަކަށް ގޮންޖަހާ ބައެއްގެ ގޮތުގައި ސިފަ ވެގެން ދިޔަ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވަނީ ސަރުކާރުން ޚާރިޖީ ކަންކަމަށް ފާޑު ކިޔާ އިރު އަދި ޚާރިޖީ ނިންމުންތައް ނިންމާ އިރު ޒިންމާދާރު ކަމެއް ނެތް ކަަމަށެވެ. އެކަމުގެ ނޭދެވޭ އަސަރު އެތައް އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް