Advertisement
ކ. މާލެ
|
23 ޖުލައި 2025 | ބުދަ 10:04
ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު
ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު
އެމްއެންޑީއެފް
ބޯޓެއް އޮޔާ ދިއުން
ވާވު އަތޮޅުގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓި، އޮޔާދަނީ
އެ ބޯޓު ފަރުން ނެއްޓިގެން އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް

ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑިއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑިއެފުން ބުނީ، އެ ބޯޓު ފަރުން ނެއްޓިގެން އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ. އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާއިރު، ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެއެވެ.

މީގެ ކުރިން މި ބޯޓު މަޑުމަޑުން ހަލާކުވެ ބޯޓު ވަނީ ބަންޑުން ޖަހާލައިފައެވެ. އަދި އެކަމުގެ ސަބަބުން ގެއްލުންތައް ލިބެމުންދާ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވ. އަތޮޅު ކެޔޮދޫ ކައިރީގައި ފެތިފައި އޮންނަ މަޝްހޫރު ބޯޓަކީ އެ އަތޮޅަށް ފަތުރުވެރިކަން ގެންގޮސްދިން ބޯޓެވެ.

- ކޮމެންޓް